ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-ESMSPL/419/2024/16
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 10:04
ސުންގަޑި: 10 މާރިޗު 2024 12:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ޢާންމުކޮށް ކުނި އުކައިދިނުމާގުޅޭ

ކައުންސިލުން ޢާންމުކޮށް ކުނި އުކައިދިނުމާގުޅޭ

                      12 މާރޗް 2024  ވަނަ ދުވަހުން ފެށިގެން ކައުންސިލް އިދާރާއިން ޢާންމު ގެތަކުން އުފެދޭ ބަދިގެކުނި އުކައިދިނުމުގެ ޚިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ. ހަފްތާއަކު ކޮންމެ ދުވަހު ދިނުމަށް ހަމަޖެހިފައިވާ މިޚިދުމަތަށް ރަމަޟާންމަހު އެއްވެސް ފީއެއް ދައްކަން ނުޖެހޭގޮތަށް ވަނީ ހަމަޖެހިފައެވެ.

             ވީމާ، މިޚިދުމަތަށް އެދޭ ފަރާތްތަކުން 10 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ކުނިއުކަން ބޭނުންވާ ފަރާތަކުން އެކަމަށް ޙައްޞަކުރެވިފައިވާ ފޯމް ފުރުމަށްފަހު މިއިދާރައަށް ހުށަހެޅުން އެދެމެވެ. ޚިދުމަތަށް އެދުމުގެ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

06 މާރިޗު 2024