ދިވެހިރާއްޖެ
އިއުލާން
މި ސްކޫލުގެ ފާހާނާއެއް އެޅުމާއި އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވޭ.
މިސްކޫލުގެ GS91/IUL/2024/02 އިއުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ އަލުން އިއުލާންކުރަމެވެ.
އަމިއްލަ ތަކެތީގައި މި ސްކޫލުގެ އޮފީސް ފާހާނާއެއް އެޅުމާއި އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. މި މަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ 2024 މާރޗް 13 ވާ ބުދަދުވަހުގެ 11:00 ގައި ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ.
މައުލޫމާތު ސާފް ކުރެއްވި ފަރާތްތަކުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 މާރޗް 18 ވާ ހޯމަދުވަހުގެ 11:00 ގައި ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ. މައުލޫމާތު ސާފްކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަދަންނަވަމެވެ.
ވީމާ،މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ މިކަން ޢާންމުކޮށް އަންގާ އިޢްލާނު ކުރީމެވެ.