ދިވެހިރާއްޖެ
މި މަދަރުސާގެ 5 ކްލާސްރޫމުގައި ތަށިމުށި ޖަހަން ބޭނުންވެއްޖެ
މި މަދަރުސާގެ އިޢުލާން ނަންބަރު GS79/IULAAN/2015/13 ތަށިމުށި ގަތުމަށް ކޮށްފައިވާ އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީއާއި، އެ އިޢުލާނަށް ބަދަލު ގެންނަން ބޭނުންވާތީ، އެ އިޢުލާން ބާޠިލުކޮށް، ތިރީގައިވާގޮތަށް މަސައްކަތް ކުރުމަށް އަލުން އިޢުލާންކުރަމެވެ.
މި މަދަރުސާގެ 5 ކްލާސްރޫމުގައި އަމިއްލަ ތަކެތީގައި ތަށިމުށި ޖަހާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި މަދަރުސާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500096 ނަންބަރު ފޯނާއެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
29 އެޕްރީލް 2015 (ބުދަ) ދުވަހުގެ 14:00 އަށް |
6 މޭ 2015 (ބުދަ) ދުވަހުގެ 14:00 އަށް |
27 ޖުމާދަލްއާޚިރާ 1436