ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސިވިލް ސަރވިސްއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކާމެދު ޚިޔާލު ބަދަލުކުރުމަށާއި ސިވިލް ސަރވިސްގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް ކޮމިޝަނުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޕަރމަނަންޓް ސެކްރެޓަރީންގެ އަހަރީ މަޝްވަރާ ބައްދަލުވުން 9-7 މޭ 2015 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަސައްކަތުގެ ތަފުސީލު
ބައްދަލުވުމުގެ 30 ބައިވެރީންގެ އެކޮމޮޑޭޝަން (ސިންގަލް 21 ރޫމާއި ޓްރިޕްލް ޝެއަރިންގ 3 ރޫމް) އާއި ދަތުރާއި ކެއުން (ހެނދުނު ސައި، ނުވަގަޑި ސައި، މެންދުރު ކެއުން، ހަވީރު ސައި، ރޭނގަޑު ކެއުން، ބައްދަލުވުން އޮންނަ ވަގުތުތަކުގައި ފެން، ސައި، ކޮފީ) ހަމަޖައްސައިދިނުމާއި، ބައްދަލުވުން ބާއްވާ ތަނުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން.
ބައްދަލުވުން ބާއްވަން ބޭނުންވާ ތަން
މިފަދަ ބައްދަލުވުމެއް ބޭއްވޭ ފަދަ ވަސީލަތްތައް (ތަން، ކޮންފަރެންސް ރޫމް، ޕްރޮޖެކްޓަރ، ސައުންޑް، ގޮނޑި، މޭޒު، 3 މައިކް އަދި އެކިއެކި ރިސޯސަސްތައް) ލިބެންހުރި އެކަށީގެންވާ މާޙައުލެއް އޮތް ތަނެއް ނުވަތަ ރަށެއް. (މާލެ ފިޔަވައި އަދި ހުޅުމާލެ އަދި ވިލިނގިލި ނުހިމެނޭގޮތަށް).
އަންދާސީހިސާބުގައި ހިމަނަންޖެހޭ ބައިތައް
- އަގު:
- ތަން ނުވަތަ ރަށް (މާލެ ފިޔަވައި އަދި ހުޅުމާލެ އަދި ވިލިނގިލި ނުހިމެނޭގޮތަށް)
- ދަތުރުފަތުރު އިންތިޒާމުކުރާގޮތް
- ކެއުމުގެ އިންތިޒާމުތައް (މެނޫ ހިމެނޭގޮތަށް)
- ބައްދަލުވުން ބާއްވާ ތަނުގެ އިންތިޒާމުތައް (ބޮޑުމިނާއި، އެއަރކޮންޑިޝަން ކުރެވިފައިވާކަން ނުވަތަ ނޫންކަން ހިމެނޭގޮތަށް)
- ހުރުމުގެ އިންތިޒާމުތަކުގެ ތަފުސީލުތައް (ލިބެން ހުންނާނެ އިންތިޒާމުތައް ހިމެނޭގޮތަށް)
- ފައިސާގެ ބާވަތް: (ދިވެހިރުފިޔާއިން)
- ބިޑް ވެލިޑިޓީ: އަންދާސީހިސާބު ހުށަހަޅާ ދުވަހުން ފެށިގެން މަދުވެގެން 30 ދުވަސް
- ކުންފުނީގެ މަޢުލޫމާތު: ކޮމްޕެނީ ޕްރޮފައިލް، ކޮމްޕެނީ ރަޖިސްޓަރީގެ ކޮޕީ، ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ އަދި ގުޅޭނެ މަޢުލޫމާތުތައް.
މުހިންމު ނޯޓް: މަތީގައި ބަޔާން ކުރެވިފައިވާ ސްޕެސިފިކޭޝަން އަދި މަޢުލޫމާތުތައް ފުރިހަމަ ނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބިޑް އިވެލުއޭޓްކުރުމުގެ ޕްރޮސެސްގައި އަދި މިނޫން ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވެއެވެ.
އަންދާސީހިސާބުތައް އިވެލުއޭޓްކުރުމުގެ ކްރައިޓީރިއާ
# |
އަގު (ރުފިޔާ) |
މާކްސް |
01 |
84,870 އަށްވުރެ މަތި |
ޑިސްކޮލިފައި |
02 |
70,000 – 84,869 |
10 |
03 |
60,000 – 69,999 |
15 |
04 |
50,000 – 59,999 |
25 |
05 |
49,999 އަށްވުރެ ދަށް |
30 |
o އަގު= 30 ޕޮއިންޓް (މަތީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން)
o ވަސީލަތްތައް = 70 ޕޮއިންޓް
އަންދާސީހިސާބު ހުށަހެޅުން
މަތީގައިވާ ގޮތުގެ މަތީން މި ބައްދަލުވުން ބާއްވައިދިނުމަށް އެދޭ ފަރާތްތަކުން 27 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރީން ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3307314/3303647
- ފެކްސް: 3303648
- އީމެއިލް: [email protected]
- ވެބްސައިޓް: www.csc.gov.mv