ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-MS/INDIV/2024/02
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 11:04
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަށް ވިނައުފުރައި ސާފުކޮށް ބަލަހައްޓަމާއި ގުޅޭ

އިޢުލާން

 

މި ރަށުގެ ބިމުން ދޫކޮށްފައިވާ ބައެއް ގޯއްޗާއި، އެގޯއްޗާއި ގުޅިފައިވާ މަގުތަށް ވިނައުފުރައި ސާފުކޮށް ބަލަހައްޓަމުން ނުގެންދާތީ ގިނަ ރައްޔިތުންގެ ޝަކުވާ މި އިދާރާއަށް ދަނީ ލިބެމުންނެވެ. މިހެންވެ މި އިދާރާއިން ބެލިބެލުމުން ގިނަ އަދަދެއްގެ ގޯތިތަކާއި، ގޯތި ގުޅިފައިވާ މަގުތަށް ސާފުކުރަމުން ނުދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މީގެ ސަބަބުން މަގުތަކާއި، ރަށުތެރޭގެ ރީތިކަން ގެއްލި، ހިނގާ މީހުން ނަށާއި ދުއްވާ ތަކެއްޗަށް ދަތި އުނދަގޫ ތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި މަގަށްވާގޮތަށްގޯތިތެރޭގައި ހުންނަ ރުއްގަސްނުކޮށާ ހުރުމުގެ ސަބަބުން މަގުބައްތިއަށް ހުރަސް އެޅުމާއި މަގުމައްޗަށް ގަހުން ފާއިބާ ތަކެތީގެ ސަބަބުން މަގުމަތި ހަޑިވާގޮތް އިތުރުވެ އެވެ. 

ރަށުގެ ރައްޔިތުންނާ ރަށުގައި ދިރިއުޅޭ ފަރާތް ތަކަށާއި ބޭރުން ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަށުތެރެއާއި ރަށުގެ މަގުތަކަކީ ރީތި، ސާފު، ރައްކާތެރި އަދި އުނދަގުލަކާއި ނުލައި ފަސޭހަ ކަމާއެކު ދަތުރު ފަތުރު ކުރެވޭނެ ފަދަ ތަނަކަށް ވެފައި އޮތުމަކީ މުހިންމު ކަމެއްކަން މިކައުންސިލުން ދެކެމެވެ. ކަންމިހެން އޮތްއިރު ގޯތިތަކާއި ގުޅިފައިވާ މަގުތައް ކުނިކަހައި ވިނަ އުފުރައި ސާފުކޮށް ބެލެހެއްޓުމަކީ އެގޯއްޗެއްގެ ވެރިފަރާތުގެ ޒިންމާއެއްކަން ގޯތީގެ ރަޖިސްޓްރީގައި ބަޔާން ކޮށްފައި ވާނެއެވެ. އަދި ހަމަ އެހެންމެ، ލ. ގަން ކައުންސިލުން އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވި ފައިވާ ނަންބަރު 2014/R-328 "މަގުމަތި ކުނިކެހުމާބެހޭ ޤަވާއިދު، ލ. ގަން" ގައި ބަޔާން ކޮށްފައިވާ ގޮތުން ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް ދޫކޮށްފައިވާ ގޯއްޗާއި ގޯތީގެ ވަށައިގެންވާ ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ގޯއްޗަކަށްވީ ފަޅީގެ  އެއްބައި ކުނިކަހާ ސާފުކުރުމަކީ  ގޯތީގެ ވެރިފަރާތުގެ ޒިންމާއެކެވެ." އެހެންކަމުން މިއާއި ޚިލާފުވާ ފަރާތް ތަކުން ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި 50/-(ފަންސާސް) ރުފިޔާ އާއި 500/  (ފައްސަތޭކަ) ރުފިޔާ އާއި ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު މި ކައުންސިލަށް ލިބިގެން ވާކަމަށް އެޤަވާޢިދުގައި ބަޔާން ކޮށްފައި ވެއެވެ. އަދި މިކަމާއި ގުޅިގެން މި ކައުންސިލުން އެކުލަވާލައި ގެޒެޓް ކޮށްފައިވާ ލ.ގަމު މަގުމަތި ކުނިކަހާ ސާފުކުރުމުގެ އުސޫލުގެ 3ވަނަ މާއްދާގެ ށ. ގައި ކުނިކަހައި ސާފު ކުރުމަށް އަންގާ ޗިޓް ފޮނުވުމަށްފަހު އެޗިޓްގައިވާ މުއްދަތުގައި ކުނިކެހި ނަމަވެސް އެކަން ކައުންސިލް އިދާރާއަށް ރިޕޯޓް ނުކުރާނަމަ ކުނިކަހައި ސާފު ނުކުރާ ފަރާތެއްގެ ގޮތުގައި ރެކޯޑްކޮށް  މި އުސޫލުގެ 4 ވަނަ މާއްދާގެ ހ. ނުވަތަ ށ. ގައި ވާގޮތަށް ކުނިކަހައި ސާފު ކުރުމުގެ މަހުފީ ދައްކަންޖެހޭ ފަރާތެއްގެ ގޮތުގައި ރެކޯޑްކޮށް އެކަން ބަލަހައްޓަމުން ގެންދެވޭނެ އެވެ.

ވީމާ، ގޯތި ގޯއްޗާއި ކުލީ ބިންތަކާއި، އެބިންތައް ގުޅިފައިވާ މަގުތައް ރީތިކޮށް ކުނިކަހައި ސާފުކުރުމާއި، މަގު ބައްތި ތަކަށް ހުރަސް އެޅޭގޮތަށް ހުންނަ ރުއް ގަސްތައް ކޮށައި ސާފުކޮށް ބަލަހައްޓަމުން ގެންދިއުމަށް ގޯތިތަކުގެ ވެރި ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. އަދި މިޤަވާޢިދާ އެއްގޮތައް ޢަމަލު ނުކުރާ ފަރާތަކާއި މެދު ފިޔަވަޅު އެޅޭނެ ކަމުގައި ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. މި އިޢުލާނާ އެކީ މިކަމާއި ގުޅޭ ޤަވާއިދާއި އުސޫލު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

03 މާރިޗު 2024