ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-CA/417/2015/22
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 17:47
ސުންގަޑި: 19 އޭޕްރިލް 2015 10:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ތަރާވީޙުނަމާދު ކުރުމަށް ޙާފިޡަކު ހޯދުމާބެހޭ

އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް ޙާފިޒަކު ހޯދުމާބެހޭ

މިކައުންސިލްގެ ނަންބަރު IUL)417-CA/417/2015/15)ފ(17 މާރިޗު 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިއަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލްފުރުޤާނުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ ޙާފިޡަކު މިކައުންސިލަށް ހަމަޖައްސައިދެން އެދޭ ފަރާތްތަކުން ތިރީގައިމިވާ މަޢުލޫމާތާ އެއްގޮތަށް 19 އެޕްރީލް 2015 ދުވަހުގެ 10:00 ގެ ކުރިން އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު:

  • ޙާފިޡު ވާންޖެހޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީ އެޕްރޫވް ކޮށްފައިވާ ޙާފިޡުކަމުގެ ސަނަދު އޮތް ފަރާތަކަށެވެ.
  • ޙާފިޡަކީ ރާއްޖެއިން ބޭރު ފަރާތެއްނަމަ، ނަގަންޖެހޭ ޚާއްޞަ ވިސާގެ ފޯމުގައި ކައުންސިލްގެ ތައްގަނޑު ޖަހައިދެވޭނެއެވެ.
  • 16 ޖޫން 2015 ވާ އަންގާރަ ދުވަހުގެ ކުރިން ޙާފިޡު ހޯނޑެއްދޫއަށް ފޮނުވަންވާނެއެވެ.
  • ޙާފިޡު ހޯނޑެއްދޫއަށް ގެނައުމަށާއި ފުރުވުމަށް ކުރަންޖެހޭ ދަތުރުތަކުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ޙާފިޡު ގެނެސްދޭ ފަރާތުންނެވެ. މީގެ ތެރޭގައި ޙާފިޡު ހޯނޑެއްދޫއާ ހަމައަށް ފޮނުވައިދިނުމަށް ކުރަންޖެހޭ އެންމެހާ ޚަރަދެއް ހިމެނޭނެއެވެ.
  • ހާފިޒު ހޯނޑެއްދޫގައި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ކުރާނީ މި ކައުންސިލުންނެވެ.
  • 17 ޖުލައި 2015 ވަނަ ދުވަހުގެ ކުރިން ޙާފިޡު ހޯނޑެއްދޫން ފުރުމުގެ އިންތިޒާމު ޙާފިޡު ގެންނަ ފަރާތުން ހަމަޖައްސަންވާނެއެވެ.

ޕޮއިންޓް ދެވޭނެ މިންގަނޑު

  • ހުށަހަޅާ އަގު 100 ޕޮއިންޓް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް)

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖުމާދަލްއާޚިިރާ 1436

12 އޭޕްރިލް 2015