ޢާންމު މަޢުލޫމާތު
ނަންބަރު: A(CA)-2015/81
ޕަބްލިޝްކުރި ތާރީޚް: 14 އެޕްރީލް 2015
ޕަބްލިޝްކުރި ގަޑި: 17:37
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލު ގެނައުން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލު ގެނައުން
މި ކޮމިޝަންގެ ނަންބަރު: A)CA-2015/78)ފ(9 އެޕްރީލް 2015) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުނެގުން، 2015 ޖޫން 6 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ.
އަދި މި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، ދެވަނަ ބުރުގެ ވޯޓުނެގުން އޮންނާނީ، 2015 ޖޫން 13 ވާ ހޮނިހިރު ދުވަހުކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.
25 ޖުމާދަލްއާޚިރާ 1436
14 އެޕްރީލް 2015