ދިވެހިރާއްޖެ
އިޢުލާން
"މާޅެންދޫ ހިޔާ" ޢިމާރާތުގެ 3 ރޫމް ބްލޮކްގެ ކޮންކުރީޓް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
ނ. މާޅެންދޫ ކައުންސިލުން ޢިމާރާތްކުރާ "މާޅެންދޫ ހިޔާ" ޢިމާރާތުގެ 3 ރޫމް ބްލޮކްގެ ކޮންކުރީޓް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 12 މާރިޗް 2024 (އަންގާރަ) ދުވަހުގެ 13:30 ގެ ކުރިން މިއިޢްލާނާއި އެޓޭޗްކޮށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު [email protected] އަށް، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
މިއިޢުލާނާއި ގުޅޭ ފޯމްތަކާއި، ކުރެހުމާއި، މައުލޫމާތު ކަރުދާސްތައް މި އިޢްލާނުގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ބަލައިގަތުން އޮންނާނީ 17 މާރިޗް 2024 ވާ އާދީއްތަ ދުވަހުގެ 13:00ގައި މި ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމްގައެވެ.
އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.
ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.