މަސައްކަތް
ނަންބަރު: (IUL)333/333/2024/16
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 14 މާރިޗު 2024 11:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު ތުލުސްދޫ ފުޓްސަލް ދަނޑުގެ ވަށައިގެންވާ ފެންސް ބަދަލުކުރުމާއި ކުރަން ހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއްހޯދުން.

މި އިޢުލާންވަނީ 02 ޖޫން 2024 13:35 ގައި ބާތިލް ކުރެވިފައެވެ.


މާލެއަތޮޅު ތުލުސްދޫ ފުޓްސަލް ދަނޑުގެ ވަށައިގެންވާ ފެންސް ބަދަލުކުރުމާއި ކުރަން ހުރި މަރާމާތުތައް މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއްހޯދުން.

މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް މާލެއަތޮޅު ތުލުސްދޫ ފުޓްސަލް ދަނޑުގެ ވަށައިގެންވާ ފެންސް ބަދަލުކުރުމާއި ކުރަން ހުރި މަރާމާތުތައް މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 މާރޗް 10 ވަނަ ދުވަހު 12:30 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2024 މާރޗް 10 ވަނަ ދުވަހު 11:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2024 މާރޗް 14 ވަނަ ދުވަހު 11:00އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ލިންކް: https://forms.gle/yvGnKLgBT6LxDBaVA 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ޝަޢުބާން 1445

04 މާރޗް 2024

 

04 މާރިޗު 2024