ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)236-BDPS/236/2024/18
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 30 މޭ 2024 00:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް / ޖަމްޢިއްޔާ / ޖަމާޢަތްތަކަށް ފައިސާގެ އެހީދިނުން.

މ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް/ ޖަމްޢިއްޔާ/ ޖަމާޢަތްތަކުން ރަށުފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައި މ. އަތޮޅުގައި ހިންގާ އިޖްތިމާޢީ، ތަޢުލީމީ، ޞިއްޙީ، ކުޅިވަރު އަދި އެނޫނަސް އެކަންކަމުން މުޖުތަމައަށް ފައިދާކުރާނެ ކަންކަމަށް، މ. އަތޮޅު ކައުންސިލުން އެހީ ދިނުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން މި އިޢުލާނާއެކު މިވާ އުޞޫލުގެ ދަށުން އެހީދެވޭނީ ރަޖިސްޓްރީކޮށްގެން މ. އަތޮޅުގައި ހިންގާ ކްލަބް/ ޖަމްޢިއްޔާ/ ޖަމާޢަތްތަކުގެ ތެރެއިން އެހީ ހޯދުމަށް އެދި އެޖަމްޢިއްޔާއެއް ރަޖިސްޓްރީކޮށްފައިވާ އެރަށެއްގެ ރަށުކައުންސިލްގެ ހުއްދައާއެކު ލިޔުމުން ހުށަހަޅާ ކްލަބް/ ޖަމްޢިއްޔާ/ ޖަމާޢަތްތަކުގެ ތެރެއިން އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯޒަލްއަށް %75 (ހަތްދިހަފަހެއް) އަށް ވުރެ މަތިން މާކްސް ލިބޭ ކްލަބް/ ޖަމްޢިއްޔާ/ ޖަމާޢަތްތަކަށެވެ.

                       ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 މެއި 2024 ވަނަ ދަވަހުގެ ކުރިން މިއިދާރާއަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

04 މާރިޗު 2024