ބީލަން
ނަންބަރު: MWSC-L/3/ADV/2024/10
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 07 މާރިޗު 2024 00:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލޭ އަދި ރ. ދުވާފަރު އެމް.ޑަބްލިޔު.އެސް.ސީގެ މެނުފެކްޗަރިންގ ފެކްޓްރީތަކުގައި ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދުން

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން،ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތައް ހުޅުމާލޭ އަދި ރ. ދުވާފަރު އެމް.ޑަބްލިޔު.އެސް.ސީ މެނުފެކްޗަރިންގ ފެކްޓްރީތަކުގައި ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

 

ތަފްސީލް

ގަޑި

ތާރީހް

ތަން

މައުލޫމާތު ސާފުކުރުން

11:00

07 މާރިޗް 2024

އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ)

އަގު ހުށައެޅުން

11:00

12 މާރިޗް 2024

އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ)

 ނޯޓް: މި މަސައްކަތުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ އަދި އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.

  

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

04 މާރިޗް 2024

 

03 މާރިޗު 2024