ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2024/032
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 10:19
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކުޑަފަރީގެ ކުނި މެނޭޖްކުރުމުގެ ޤަވާއިދާ ގުޅޭ

ވޭސްޓު މެނޭޖުމެންޓް ސެންޓަރުގެ ވަށައިގެންވާ މަގުތަކުގައި ގިނަވެފައިވާ ފަތްކުނިއާއި މިނޫންވެސް އެކި ބާވަތްތަކުގެ ކުނި ނަގައި ސާފުކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުންނެވެ. މި ގޮތުން މި ސެންޓަރގައި މަސައްކަތްކުރާ މުވައްޒަފުންގެ ބުރަ މަސައްކަތުން މި ސަރަހައްދުގެ ބޮޑު ބައެއް މިހާތަނަށް ސާފުކުރެވިފައިވާކަން ފާހަގަކުރަމެވެ.

ރައްކާތެރިގޮތެއްގައި ކުނިމެނޭޖް ކުރުމަށް ބޭނުންވާ އިތުރު މެޝިނަރީސް ހޯދުމަށްޓަކައި މި ވަގުތު ޓެންޑަރކުރެވި، އެތަކެތި ލިބުމުން ބަދިގެ ޑަސްބިނާއި، ބޮނބި ކުނީގެ ބާވަތްތައް ރައްކާތެރި ގޮތެއްގައި ޕްރޮސެސްކުރެވި އެބާވަތްތަކުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަން އުފަލާއެކު ފާހަގަ ކުރަމެވެ.

ވީމާ، ރަށުގެ ކުނި ރައްކާތެރި ގޮތެއްގައި މެނޭޖްކުރުމަށް އެކުލަވާލާއިވާ ގަވާއިދާއި އެއްގޮތަށް އަމަލުކުރެއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

އަދި ވަކިން ޚާއްސަކޮށް މިވަގުތު ސާފުކުރެވެމުން މިއަންނަ ކުނިކޮށި ހިމެނޭ ސަރަހައްދުގެ ބޭރަށް މަގުތަކަށް ގަވާއިދާއި ޚިލާފަށް ކުނި ނޭޅުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ޤަވާއިދާއި ޚިލާފުވާ ފަރާތްތަކަށް މި ޤަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެކަން ހަނދުކޮށް އަރުވަމެވެ.

04 މާރިޗު 2024