ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 343-AS/2015/38
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 17:07
ސުންގަޑި: 26 އޭޕްރިލް 2015 11:30
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ހޯދުމަށް

މިރަށު ކުޑަކުދިންގެ ޕާކަށް ބޭނުންވާ ބައެއް ތަކެތި ގަނެދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 11:30އަށް މިކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިމަސައްކަތް ކޮށްދެއްވާނެ އަގު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 26 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 13:00 ގައެވެ. އެހެންކަމުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި، ލިޔުން ހަވާލުކޮށްފައި ބަދަލުގައި ފޮނުވާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ތާރީޚުތަކަށް ސަމާލުކަންދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިއިދާރާގެ ނަންބަރު 33/IUL)343-AS/2015)ފ(03 މާރިޗު 2015) އިޢުލާން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ މުއްދަތު ކުޑަކަމުން، އެއިޢުލާން ބާޠިލުކޮށް އެފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015