ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2024 /41
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 09:57
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މާލެ- ވިލިމާލެ އަދި ވިލިމާލެ- ގުޅިފަޅު ކަނޑުއޮޅި ބަންދުކުރުމާއި ގުޅޭ

މާލެ- ވިލިމާލެ އަދި ވިލިމާލެ- ގުޅިފަޅު ދެމެދުގައިވާ ކަނޑުއޮޅިން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ މި މިނިސްޓްރީއިން ތަކުރާރުކޮށް މަނާކޮށްފައިވާ ކަމެއްކަމަށް ވީނަމަވެސް އަދިވެސް މިދެ ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. ވަކިން ހާއްސަކޮށް ރިޒޯޓްތަކުގެ ސްޕީޑުބޯޓުފަހަރު މިދެ ކަނޑުއޮޅި ބޭނުންކުރަމުން ގެންދާކަންވަނީ ފާހަގަ ކުރެވިފައެވެ. މާލެ- ތިލަފުށި ލިންކު މަޝްރޫއުއާ ގުޅޭ ގިނަ މަސައްކަތްތަކަށް ބާޖު އަދި ސެލްފް އެލެވޭޓަޑް ޕްލެޓްފޯމްތައް ބޭނުންކޮށްގެން މިދެ ކަނޑުއޮޅީގައި ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިދެ ކަނޑުއޮޅީގައިވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅާފައި އޮތުމުން މިދެ ކަނޑުއޮޅި ބޭނުން ކުރަމުންދާ އާންމު އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން މިދެ ކަނޑުއޮޅިން ދަތުރުފަތުރުކުރުމަކީ ރައްކާތެރިކަމަކަށްނުވާތީ މިދެ ކަނޑުއޮޅި ބަންދު ކޮށްފައިވާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާންކޮށްފައެވެ.

އަދި ދަންނަވަމެވެ. ގަވާއިދު ނަންބަރު 2023/R-50 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދު 20 ވަނަ މާއްދާގެ (ށ)ގެ (23) ގެ ދަށުން ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެފިނަމަ އެފަރާތެއްގެ ލައިސަންސް 1 (އެކެއް) މަސްދުވަހަށް ހިފެހެއްޓުމަށް ކަނޑައަޅާފައިވާގޮތަށް މާލެ- ވިލިމާލެ އަދި ވިލިމާލެ- ގުޅީފަޅު ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓޭނެ ވާހަކަވެސް އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

04 މާރިޗު 2024