ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާން މަހު ކޮމިއުނިޓީ ޖިމް، ބިލިއާރޑް އަދި ޓީޓީ ރޫމް ހުޅުވިފައި ހުންނާނެ ގަޑިތައް ތިރީގައި އެވަނީއެވެ. ކޮމިއުނިޓީ ސެންޓަރުގައިވާ ބިލިއާޑް ރޫމް އަދި ޓޭބަލް ޓެނިސް ރޫމް ބޭނުންކުރެވޭނީ ސިޓީ ކައުންސިލާއި ގުޅުއްވައިގެން ބުކިން ހައްދައިގެންނެވެ.
ކޮމިއުނިޓީ ޖިމް
ހުޅުވިފައި ހުންނާނެ ގަޑި: މެންދުރުފަހު 14:00 އިން ދަންވަރު 03:00 އަށް.
އަންހެނުންނަށް ޙާއްސަ ގަޑި: ރޭގަނޑު 21:00 އިން 22:00 އަށް.
ބިލިއާރޑް އަދި ޓީޓީ ރޫމް
ހުޅުވިފައި ހުންނާނެ ގަޑި: މެންދުރުފަހު 14:00 އިން ދަންވަރު 03:00 އަށް.
ރަމަޟާން މަހު ބިލިއާރޑް އަދި ޓީޓީ ރޫމް ބުކިން ހެއްދުމަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 އިން 10:30 އަށް 6527122 އަށް ގުޅުއްވުން އެދެމެވެ. ހަފްތާ ބަންދަށް އަދި އާދީއްތަ ދުވަހަށް ބުކިން ހައްދަން ބޭނުންފުޅުވާނަމަ ބުރާސްފަތި ދުވަހު ކަނޑައެޅިފައިވާ ވަގުތުގައި ބުކިން ހައްދަންވާނެއެވެ. ބުކިން ރިކްއެސްޓްތައް އަދި ކަނޑައެޅިފައިވާ ސްލޮޓްތައް "ކުޅުދުއްފުށި ސިޓީ ކޮމިއުނިޓީ ސެންޓަރ" ޓެލެގްރާމް ގުރޫޕްގައި އަޕްޑޭޓް ކުރެވެމުންދާނެއެވެ.
ޓެލެގްރާމް ކޮމިއުނިޓީ ގްރޫޕް ލިންކް:
https://t.me/+BSPqPm6i2RQyZDU9