ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2024/25
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 18:31
ސުންގަޑި: 06 މާރިޗު 2024 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޕަވައިޒަރ - ހައުސިންގ އެންޑް އެކޮމޮޑޭޝަން

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސްޕަވައިޒަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ( ކޮންޓްރެކްޓް 01 އަހަރު ދުވަސް )

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ހައުސިންގ އެންޑް އެކޮމޮޑޭޝަން / އެޗް.އާރ އެންޑް އެޑްމިނިސްޓްރޭޝަން / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ޑީ" ފާސްލިބިފައިވުން. ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދާއިރާއެއްގައި މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކޮންމެ ދުވަހެއްގެވެސް މަސައްކަތް ފެއްޓެންވާއިރަށް ހުރިހާ ކޮޓަރިތަކެއްގެ ރޫމްބޯއިން މަސައްކަތަށް ގަޑިޔަށް ހާޟިރުވޭތޯބަލާ ހާޟިރުނުވާ މީހުންގެ ރިޕޯރޓް ސްޕަވައިޒް ކުރުން.
  • ރޫމުބޯއިންތައް ކޮޓަރިތަކަށް ދިއުމުގެ ކުރިން ބޭނުންވާ ހުރިހާ ސާމާނެއް (ސާފުކުރަން ބޭނުންކުރާ ކެމިކަލް އަދި ފިހިގަނޑު ބުރުސް ފަދަ ތަކެތި) ހަމައަށް ހުރިތޯ ބެލައި ސްޕަވައިޒްކުރުން.
  • ކޮންމެ ދުވަހެއްގެވެސް ރޫމްބޯއިން ކޮޓަރިތަކަށް މަސައްކަތު ދިޔުމުގެ ކުރިން އެދުވަހެއްގެ މަސައްކަތްތައް ބެހިފައިވާގޮތް އެމީހުންނަށް ރަގަޅަށް އެންގުން.
  • ލޯންޑްރީ 1 އަދި ލޯންޑްރީ 2 ގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒްކޮށް، އިރިުޝާދުގެ ދަށުން ރާވާ މުވައްޒަފުން ލައްވާ މިމަސައްކަތްތައް ކުރުވާ މަސައްކަތް ހިގާނުހިގާގޮތް ރަގަޅަށް މޮނިޓަރ ކުރުން.
  • ލޯންޑްރީތަކުގައި ދޮންނަށް ބޭނުންކުރާ އޯމޯއާއި ކެމިކަލް ފަދަތަކެތީގެ ސްޓޮކް ހުސްވިޔަނުދީ ބެލެހެއްޓުން.
  • ކޮންމެ ދުވަހެއްގައިވެސް ދޮވުމުގެ މަސައްކަތަށް ޚަރަދުވި އޯމޯއާއި ކެމިކަލް ފަދަތަކެތި ބޭނުންކުރެވުނުވަރު އިގޭނެހެން ރިޕޯރޓެއް ތައްޔާރުކޮށް ސްޕަވައިޒްކޮށް ފައިލް ކުރުން.
  • ލޯންޑްރީތަކަށް ގެނެވޭ ދާހެދުމާއި، ޔުނިފޯރމް އަދި ބެޑްޝީޓާއި ބާލިސް އުރަފަދަ ތަކެތި ދުވަހުން ދުވަހަށް ދޮވެ ނިންމާލުމަށް އިސްކަން ދިނުން.
  • މެޝިންތަކަށް ދޮންނަށް އެއްޗެހި އަޅަމުންދަނީ ކަޑައެޅިފައިވާ މިންގަޑަށް ކެޕެސިޓީގައިތޯ ބެލުން.
  • ދޮވެ އިސްތިރިކޮށް ނިމުމަށްފަހު ލޯންޑްރީތެރޭގައި އެއްޗެހި ބަހައްޓަމުންދަނީ ނަމްބަރު ޖަހާފައިވާ ކަބަޑްތަކުގައި ރަގަޅަށްތޯ ބެލުން.
  • އެކޮމޮޑޭޝަން ބްލޮކްތަކުގެ ކީރަޖިސްޓަރ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • މަސައްކަތުގެ މާހައުލުގައި އެއްވެސް ބާޥަތެއްގެ އެކްސިޑެންޓެއް ހިގާފިނަމަ ލަސްނުކޮށް ސެކްޝަން ހެޑަށް އެކަން ރިޕޯރޓް ކުރުން.
  • ކޮންމެ ބާވަތެއްގެ މަސައްކަތެއް ކުރިކަމުގައި ވީނަމަވެސް ތިމާއާއި އެހެނިހެން މީހުންގެ ސަލާމަތްތެރިކަމާއި ރައްކާތެރި ކަމަށް ވިސްނައިގެން މަސައްކަތް ކުރުން. އަދި މަސައްކަތުގައި ބޭނުންކުރެވޭ ތަކެއްޗަށް ފަރުވާތެރިވެ ރައްކާތެރިކަމާއެކު ގެންގުޅުން.
  • ·         ކުންފުނިން ރަވާހިންގާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަށް މެނޭޖުމެންޓުން އެދިއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުނެް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ          (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނީ  [email protected]އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 06 މާރިޗް 2024 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/9150006 ފޯނަށް ގުޅުއްވުން އެދެމެވެ.

03 މާރިޗު 2024