ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2024/24
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 18:31
ސުންގަޑި: 06 މާރިޗު 2024 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ ކިއު.އޭ އިންސްޕެކްޓަރ

ވަޒީފާގެ ފުރުޞަތު


މިކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޖޫނިއަރ ކިއު.އޭ އިންސްޕެކްޓަރ

ބޭނުންވާ ޢަދަދު

 01( އެކެއް )

ވަޒީފާގެ ބާވަތް

  ( ކޮންޓްރެކްޓް 01 އަހަރު ދުވަސް )

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ލެބޯޓްރީ / ކޮލިޓީ އެޝޫރެންސް ޑިޕާރޓްމެންޓް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ފާސް ލިބިފައިވުމުގެ އިތުރުން ސެކަންޑަރީ ސެޓްފިކެޓް އިމްތިހާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ފާސް ލިބިފައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުން
  • މަގާމާއި ގުޅޭދާއިރާއިން ލެވެލް 4 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ މީހަކަށްވުން
    • މަގާމާއި ގުޅޭ ދާއިރާއިން 02 އަހަރުގެ ތަޖުރިބާހުރި މީހާކަށްވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކޮންމެ ދުވަހަކުވެސް ރޭވިފައިވާ މަސައްކަތު ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިޔުން 
    • ކަލެކްޓަރ އުޅަނދުތަކުންނަގާ ރޯމެޓީރިލްސްގެ ސެންސަރީ އިވެލުއޭޝަން ހެދުން، މަހުގެ ބެކޮބޯން ޓެމްޕަރޭޗަރ މޮނީޓަރ ކުރުން، ސާމްޕްލިންގ ޕްލޭންއާ އެއްގޮތްވާ ގޮތުގެމަތިން ހިސްޓަމީން ސާމްޕަލްތައް ނެގުން، އަދި ރިޕޯރޓްތައް ބެލެހެއްޓުން.
    • ދޯނިން ނަގާމަހުގެ ސެންސަރީ އިވެލުއޭޝަން ހެދުން، ސާމްޕްލިންގ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ހިސްޓަމީން ބެލުމަށްޓަކައި ސާމްޕަލް ނެގުން، އަދި ރިޕޯރޓްތައް ބެލެހެއްޓުން.
    • މައިއުޅަނދުތަކުން ގަނޑުކޮފައިވާ މަސްނަގާއިރު، ގަނޑުކޮށްފައިވާ މަހުގެ ބިބީޓީއާއި ގަނޑުކޮށްފައިވާ މަހުގެ ޠަބީޢަތް ( ހުރިގޮތް ) މޮނީޓަރ ކުރުން، އަދި ކެއްކުމުގެ ޓެސްޓަށާއި ހިސްޓަމީން އެނަލަސިސްއަށް ސާމްޕަލްނެގުމާއި، ރިޕޯރޓްތައް ބެލެހެއްޓުން.
    • ކެރިއަރ އުޅަނދުތަކަށް ގަނޑުކޮށްފައިވާ މަސްލޯރޑް ކުރާއިރު، އުޅަނދުގެ ޓެމްޕަރޭޗަރ ހިފެހެއްޓުމައި ބީބީޓީ މޮނިޓަރ ކުރުން، އަދި ރިޕޯރޓް ބެލެހެއްޓުން. އަދި ކެއްކުމުގެ ޓެސްޓަށާއި ހިސްޓަމީން އެނަލަސިސްއަށް ސާމްޕްލިންގ ޕްލޭނާއެއްގޮތްވާ ގޮތުގެމަތިން ސާމްޕަލްނެގުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނަމަ [email protected] ކުރެއްވުން އެދެމެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 06 މާރިޗު 2024 ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  7982424 / 7787186 ފޯނަށް ގުޅުއްވުން އެދެމެވެ.

03 މާރިޗު 2024