ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ކުރި މިއިދާރާގެ ނަންބަރު: IUL)350-FB/350/2015/14)ފ(03 މާރިޗު 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެތަކެތި މިއިދާރާއަށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
01 ރޯލް ނަރު 2ކޯ (2.5) (500m)
15 ފޮޓޯސެލް 10A
55 މަގުބައްތި (ތަންމަތި 4 ފޫޓު)
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. އީމެއިލް އަދި ފެކްސްއިން ހުށަހަޅުއްވާ އަންދާސީހިސާބުތައްވެސް ބަލައިގަނެވޭނެއެވެ.
ފޯން: 6680773 ފެކްސް: 6680878 އީމެއިލް: [email protected]
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- ތަކެތި ސަޕްލައިކޮށްދެވޭނެ އަގުތައް ކޮންމެ އެއްޗެއްގެ އަގު ވަކިން އެނގެން އޮންނަންވާނެއެވެ.
- އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
- ތަކެތި ސަޕްލައި ކޮށްދެވޭނެ މުއްދަތު އެނގެން އޮންނަން ވާނެއެވެ.
- ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
- އަގަށް %80 މާކްސް
- ޚިދުމަތުގެ އަވަސްމިނަށް %20 މާކްސް