ދިވެހިރާއްޖެ
No: 134-PRO/I/2024/22
އިޢުލާން
ޓީއެފްއެސް ސްކްރެޕް އަދި ޖަންކް ސްކްރެޕް ނީލަމުގައި ވިއްކާލުން
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައިހުރި 180 މެޓްރިކްޓަންގެ ޓީ.އެފް.އެސް. ސްކްރޭޕް އަދި 50 މެޓްރިކްޓަންގެ ޖަންކް ސްކްރޭޕް ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ. މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް 7942775 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.
ނީލަން ކުރިއަށް ގެންދާނީ މިފްކޯއިން ކަނޑައަޅާ ތަނަކަށް ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ހާޒިރުވެގެންނެވެ. މިގޮތުން، ހާޒިރުވާ ކޮންމެ ފަރާތަކުންވެސް އެފަރާތަކުން މެޓްރިކް ޓަނަކަށް ކިޔާ އަގު ސީލްކުރެވިފައިވާ ސިޓީއެއް މެދުވެރިކޮށް ނީލަން ފެށުމުގެކުރިން ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ އަގުތަކުގެތެރެއިން އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންގޮސް އެންމެ މަތީ އަގު ހުށަހަޅާ ފަރާތް ނީލަމުގެ ބައިވެރިންގެ ހާޒިރުގައި ކަނޑައެޅިގެންދާނެއެވެ. ނީލަން ފަށާއިރު އެފަރާތެއްގެ އަގު ސީލްކުރެވިފައިވާ ސިޓީއަކުން ހުށަނާޅާ ފަރާތްތަކަށް ނީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ނީލަން ކުރިއަށްދާނެގޮތުގެ ތަފްޞީލް |
ތާރީޙް |
ވަގުތު |
||
ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
|
06 މާރިޗް 2024 |
މެންދުރުފަހު 2:00 ގެ ކުރިން |
|
ބައިވެރިވުމަށް ހުށައަޅަންޖެހޭ މަޢުލޫމާތު: ފުރިހަމަ ނަަން، ގުޅޭނެ ނަންބަރ، އީމެއިލް އެޑްރެސް، އައިޑީ ކާރޑް ނަންބަރ |
||||
ނީލަންކިޔުން |
މިފްކޯ ހެޑް އްފީސް މީޓިންގ ރޫމް |
07 މާރިޗް 2024 |
ހެނދުނު 10:00އަށް
|
ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/10,000 (ދިހަހާސް) ރުފިޔާގެ ކޭޝް ޑިޕޮޒިޓެއް ދައްކަވަން ވާނެއެވެ. އަދި ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކެވިފައިސާ އަނބުރާ ރައްދުކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުވިކަން އެންގުމަށްފަހު އެގްރިމެންޓްގައި ސޮއިކުރާ ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަތުގައި ތަކެތި ގެންދިޔުމުގެ މަސައްކަތްކޮށް ނިންމަވަންވާނެއެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ. މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، އެކަށީގެންވާ ސަބަބެއް ނެތި ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، އެއްބަސްވުން ބާތިލް ކޮށް، ޑިޕޮސިޓްގެ ގޮތުގައި ދެއްކެވި ފައިސާ އަނބުރާ ނުދިނުމުގެ އިޚްތިޔާރު މިފްކޯއަށް ލިބިގެންވެއެވެ. އަދި ޖެހިގެން އެންމެ ރަގަނޅު އަގު ހުށަހަޅާފައިވާ ފަރާތަށް ނީލަން ކާމިޔާބުކޮށްދިނުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
03 މާރިޗް 2024
ނީލަން ހުށަހަޅާ އެޑްރެސް : މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) - ހެޑްއޮފީސް
389 ނަންބަރު ކޮށި / މާފަންނު
ހިލާލީ މަގު / މާލެ