ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)245-ESD/245/2024/19
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 05 މާރިޗު 2024 13:30
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ހުދާގެ އުތުރުފަރާތު ފެންޑާ ސީލިންގ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

     މި އިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މަސްޖިދުލް ހުދާގެ އުތުރުފަރާތު ފެންޑާ ސީލިންގ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (IUL)245-ESD/245/2024/18 ނަންބަރު އިޢުލާނަށް އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

     ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ކޯޓޭޝަން ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ. ކޯޓޭޝަން ހުށަހަޅުއްވަން ވަޑައިގަންނަވާނީ 05 މަރޗް 2024 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިދާރާގެ މީޓިންގ ރޫމަށެވެ. މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހޮވުމުގައި، ހުށަހަޅާފައިވާ އަގާއި މަސައްކަތް ނިންމުމަށް ކަނޑައަޅާ މުއްދަތަށް ބެލޭނެއެވެ. ކޯޓޭޝަން ހުށަހަޅާއިރު އަމިއްލަ ފަރުދަކުނަމަ، އެމީހެއްގެ އައިޑީ ކާޑު ކޮޕީ ކޯޓޭޝަނާއިއެކު ހުށަހަޅަންވާނެއެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކުން ހުށަހަޅާނަމަ، އެވިޔަފާރިއެއްގެ ރަޖިސްޓްރީ ކޮޕީ ކޯޓޭޝަނާއިއެކު ހުށަހަޅަން ވާނެއެވެ. މިމަސައްކަތުގެ ކޯޓޭޝަން ފޯމާއި ކުރެހުން މިއިދާރާގެ ވެބްސައިޓުންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭނެއެވެ.

     އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6501014 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

03 މާރިޗު 2024