ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާން މަހު ޙިފްޡް ކޮށް އިމާމްވެ ތަރާވީހް ނަމާދު ކުރައްވާ އިމާމް ހުންނެވުމަށް އެއްމަސް ދުވަހަށް 1 ކޮޓަރި ( އޭސީ ، ފާޚާނާ ، ދޮވެއިސްތިރި ކުރުމުގެ ހިދުމަތް ފޯރުކޮއްދިނުމާއެކު ، ކޭބަލް ޓީވީ ، އިންޓަރނެޓް ޙިދުމަތާއެކު ) އަދި ކެޔުންބުޔުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ކަމަށް އެދޭ ފަރާތްތަކުން އަގު ބަޔާންކޮށް 2024 މާރިޗް 06 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ސިޓީ ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. ސިޓީއާއެކު ގޭގެ ވެރި ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6560016 ފޯނާއި ގުޅުއްވުން އެދެމެވެ.
މިކަމަށް އެދި ކުރިމަތި ލެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.
22 ޝައުބާން 1445
03 މާރިޗް 2024