މަސައްކަތް
ނަންބަރު: (IUL)417-CA/417/2024/44
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 07 މާރިޗު 2024 13:16
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރު ރަމަޟާން މަހު، ތަރާވީހް ނަމާދު ކުރުމަށް ގެނެވޭ ޙާފިޡުގެ ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން.

މި އިޢުލާނާއިއެކު އާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، 1445 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ފުރުޤާނުގައި ހިފްޛްކޮށް އިމާމުވެ ތަރާވީހް ނަމާދު ކުރުމަށް ގެނެވޭ ހާފިޡުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ހާފިޡުގެ ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، 2024 މާރިޗު 07 ވަނަ ދުވަހުގެ 13:15 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއިދާރާގެ މީޓިން ރޫމްގައެވެ. މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އާންމު ކުރެވިފައި ވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 މާރިޗު 2024