މަޤާމް:
|
ދާއިމީ ސަބް ކޮމިޓީގެ މެންބަރު
|
މެންބަރުން ބޭނުންވާ ކޮމިޓީ(ތައް) އަދި ބޭނުންވާ ޢަދަދު:
|
- އެތިކްސް ކޮމިޓީ (ބޭނުންވާ ޢަދަދު: 7)
- ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީ (ބޭނުންވާ ޢަދަދު: 2)
|
އަސާސީ ޝަރުތުތައް:
|
- ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުން؛
- ޤާނޫނީ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ އަދި
- ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
|
އެތިކްސް ކޮމިޓީގެ މަސްއޫލިއްޔަތުތައް:
|
- ޤާނޫނީ ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ސުލޫކީ މިންގަނޑު ބަޔާންކުރާ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސަތުތައް އެކަށައެޅުމަށްޓަކައި އެކަމުގެ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
- ޤާނޫނީ ވަކީލުންގެ ޚިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތައް ހަރުދަނާ ކުރުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން؛
- ޤާނޫނީ ވަކީލުންގެ ޚިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ މައްސަލަތައް ބަލައި، އެ ފަރާތްތަކާމެދު އަޅަންވީ ފިޔަވަޅުތަކާގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
- އެތިކްސް ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
|
ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީގެ މަސްއޫލިއްޔަތުތައް
|
- ޤާނޫނީ ޚިދުމަތާ ގުޅުންހުރި އެކިއެކި ކަންތައްތަކުގައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެގޮތުން ކުރެވޭ ދިރާސާތަކުގެ ރިޕޯޓު، އެގްޒެކެޓިވް ކޮމިޓީއާ ހިއްސާކުރުން؛
- އާންމު މަޞްލަޙަތާ ގުޅުންހުރި ޤާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި، ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނާއި ގަވާއިދުތައް ބަލައި ދިރާސާކުރުމަށްފަހު، އެފަދަ ކަންކަމާ ގުޅިގެން، ބާ ކައުންސިލުގެ ރަޢުޔާއި މަޢުލޫމާތު ހާމަކުރުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން؛
- ޤާނޫނާއި ގަވާއިދުތައް އެކުލަވައިލުމާއި އިޞްލާޙުކުރުމުގައި ދައުލަތުގެ އިދާރާތަކުން، ބާ ކައުންސިލުގެ ލަފާ ބޭނުންވެއްޖެ ހިނދެއްގައި، އެކަމަށް އެއްބާރުލުން ދިނުމަށްޓަކައި، ބާ ކައުންސިލުން ދޭންޖެހޭ ލަފާ ތައްޔާރުކޮށް، އެގްޒެކެޓިވް ކޮމިޓީއާ ހިއްސާކުރުން؛
- ޝަރުޢީ ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ކުރިއަށްދާ މައްސަލައަކީ، އާންމު މަޞްލަޙަތު ހިމެނޭ ނުވަތަ މުޖުތަމަޢުގެ ބޮޑު ބައެއްގެ މަޞްލަޙަތާގުޅޭ ޤާނޫނީގޮތުންނާއި ދުސްތޫރީގޮތުން މުހިންމު ނިންމުމެއް ނިންމުމުގެ އިހްތިމާލު އޮތް މައްސަލައެއް ނަމަ، އެ މައްސަލައަށް ތަދައްޚުލުވުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން؛
- ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
|
ކޮމިޓީގެ މެންބަރުކަމަށް އެދި ސިޓީއަކުން ހުށަހަޅުއްވާނަމަ އަންނަނިވި ލިޔެކިޔުންތައް ބާ ކައުންސިލުގެ[email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.
އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.
- ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަހަޅާ ސިޓީ (ކުރިމަތިލާ ކޮމިޓީ ވަކިން އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ)؛
- މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު؛
- ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ؛ އަދި
- މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ.
ކޮމިޓީގެ މެންބަރުކަމަށް އެދި އޮންލައިންކޮށް ހުށައެޅުއްވުމަށް ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަޕްލޯޑް ކުރެއްވުން އެދެމެވެ.
ގޫގްލް ފޯމް އެޕްލިކޭޝަން: Application Form
|
ސުންގަޑި
|
މި އިޢުލާނުގައިވާ މަޤާމުތަކަށް އެކަށީގެންވާ ޤާބިލު މީހުން ލިބުމާއި ހަމައަށް އިޢުލާނުގައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ.
|