ދިވެހިރާއްޖެ
ނަންބަރ: (IUL)314--/INDIV/2024/18
އިޢުލާން
ބ.ކަމަދޫގައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމާއި ގުޅޭ
ޤަވާއިދު ނަންބަރ 2021/R-167 "ޕްލޭނިންގ ޤަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ޤަވާއިދު" އަށް ގެނެވުނު 2 ވަނަ އިސްލާހުގައިވާ ގޮތުގެ މަތިން ، ބ.ކަމަދޫގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 60 ފޫޓު ކަމަށް ބ.ކަމަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 146 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމަވާފައެވެ. މިނިންމުމަށް ޢަމަލު ކުރަންފަށާނީ 05 މާރިޗު 2024 އިން ފެށިގެންނެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
22 ޝައުބާން 1445
03 މާރޗް 2024