ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333-CG/333/2024/14
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި:
10 މާރިޗު 2024 14:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަމަޟާން މަހަށް މަގުތައް ސާފުކުރުން
ރަމަޟާން މަހަށް މަގުތައް ސާފުކުރުން
1445 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެގޮތުން އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، މިއަހަރުވެސް ރަމަޟާން މަހަށް އެގެއަކާއި ގުޅިފައިވާ މަގުފަޅި ކުނިކަހާ ސާފުކުރުމާއި، މަގަށް ތިރިވެފައިވާ ގަސްގަހުގެ ގޮފިތައް، (ހިނގާ މީހުންނާއި ދުއްވާތަކެއްޗަށް) އުނދަގޫ ނުވާ ވަރަށް ކޮށްޓަވައި، މަގުމަތީ ފާރުކައިރީގައި ބަހައްޓާފައިވާ އެންމެހާތަކެތި ނަންގަވައި ސާފުކޮށްދެއްވުން އެދެމެވެ.
މިފަދަ ކަންކަމުގައި އަބަދުވެސް ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
22 ޝަޢުބާން 1445
03 މާރިޗު 2024