ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 14-PR/1/2024/26
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 14 މާރިޗު 2024 10:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހަށް ގަންނަން ބޭނުންވާ އައިޕެޑް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

     މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހަށް ގަންނަން ބޭނުންވާ އައިޕެޑް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

     ވީމާ، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 14 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ވުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.

     ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ ([email protected]) އީމެއިލް އަށް 10 މާރިޗު 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  / 3334272 ފޯނަށް ގުޅުއްވުން އެދެމެވެ

03 މާރިޗު 2024