ނީލަން
ނަންބަރު: MNU-CA-PAMD/2024/08
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 17:42
ސުންގަޑި: 07 މާރިޗު 2024 09:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު

ބާ ތަކެތި ނީލަމުގައި ވިއްކުން     

    

މި ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ނާރސިންގ ގައި ބާވެ ހަލާކުވެފައިވާ ހުރި ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ހަނދުވަރީ ހިގުމުގައި ހުންނަ މި އޮފީހުގެ އެސް. ބްލޮކް (އެފް.އެޗް.އެސް ބިލްޑިންގ) ގައި 2024 މާރޗް 7 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި އޮންނާނެއެވެ.

 

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2024 މާރޗް 4 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އެސް. ބްލޮކް (އެފް.އެޗް.އެސް ބިލްޑިންގ) ޙާޟިރުވުން އެދެމެވެ.

 

 ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2024 މާރޗް 7 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އަށް އެސް. ބްލޮކް (އެފް.އެޗް.އެސް ބިލްޑިންގ)  ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު،ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛

ފެސިލިޓީސް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345134

އީ-މެއިލް: [email protected]

02 މާރިޗު 2024