ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)270/270/2024/26
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 22:18
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.މަކުނުދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށައަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓު ޢާއްމުކުރުން.

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް އިދާރާއިން ހދ.މަކުނުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް 2023 އޮކްޓޯބަރ 4 ގައި ކުރެވުނު އިޢުލާން ނަންބަރ (IUL)270/270/2023/127 އަށް ބަންޑާރަ ގޯއްޗަށްއެދި ހުށައެޅި ފޯމް "ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާ ކޮމެޓީ" އިން ވިލަރެސް ކުރުމަށްފަހު އެފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމު ކުރީމެވެ. ލިސްޓަށް ޝަކުވާއަށް ހުޅުވާލެވިފައި ވަނީ 2024 ފެބްރުއަރީ 29 އިން 2024 މާރިޗު 3 ވާ އާދީއްތަ ދުވަހުގެ 9:00 ގެ ނިޔަލަށެވެ. ޝަކުވާ ހުށައެޅޭނީ އެކަމަށް ޙާއްޞަކުރެވިފައިވާ ގޫގުލް ފޯމް މެދުވެރިކޮށެވެ. މިކަމާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ ކޮންމެ ދުވަހެއްގެ 10:00 ން 11:00 އަށް، ފޯން ނަންބަރ 9324714 އަށް ގުޅުއްވާ ސާފުކުރެއްވުން އެދެމެވެ. ނުވަތަ ދެވިފައިވާ ނަންބަރަށް އައިޑީ ކާޑު ޖެއްސެވުމަށްފަހު ޓެކްސްޓް މެސެޖެއް ކުރެއްވުން އެދެމެވެ.

ވަގުތީ ލިސްޓްގެ ލިންކް: https://t.ly/vfjEL

ޝަކުވާ ހުށައެޅުމުގެ ގޫގުލް ފޯމް ލިންކް: https://forms.gle/sGCHv9rfWDaADGyw8

 

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

29 ފެބުރުވަރީ 2024