ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)13-E/1/2015/8
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 22 އޭޕްރިލް 2015 11:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ނެޓްވާކް ސްވިޗްތަކެއް ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި މިނިސްޓްރީއަށް ނެޓްވާރކް ސްވިޗްތަކެއް ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު: IUL)13-E/1/2015/6) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 11:00އަށް މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 11:00އަށް މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

24 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015