ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2015/58
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 22 އޭޕްރިލް 2015 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު :

01

މުސާރަ:

  • 4650.00 ރުފިޔާ (ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ)
  • އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް:

2610.00 ރުފިޔާ (ދެހާސް ހަތްސަތޭކަ ދިހަ ރުފިޔާ)

 

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް                                                   

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޭލެވެލް ނުވަތަ އޯލެވެލްގެ ދިވެހި، އިނގިރޭސި އަދި ހިސާބުން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއި ކުރެވޭ އިންޓަރވިއުއިން ފާސްވުން.
  • ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔަންޖެހޭ ތަކެތި ރަނގަޅަށް ޢިބާރާތްކުރަން އެނގުމާއެކު ރަނގަޅަށް މުޢާމަލާތުކުރަން އެނގޭފަރާތަކަށްވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަގަޅަށް ބޭނުން ކުރަން އެނގުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
  • އޮފީހުން ބޭރުގައި މަސައްކަތް ކުރަންޖެހޭ ޙާލަތްތަކުގައި އެމަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މީހެއްކަމުގައިވުން
  • މަސައްކަތު ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއި އެކު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ (އެޓެސްޓްކޮށްފައި)
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

މަސައްކަތުގެ ދާއިރާ:

އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ވަނަވަރު އަދި އެކުގައިހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 22 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފަންގިފިލާއަށް ވަޑައިގެން އެޗްއާރ ޑިޕާރޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ. 

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތަށް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009151

ފެކްސް: 3321559

16 އޭޕްރިލް 2015