ވަޒީފާގެ ފުރުޞަތު
ނަންބަރު: TCL-HR/IUL/15/007
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 23 އޭޕްރިލް 2015 14:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެކައުންޓްސް އެސިސްޓަންޓް

މަޤާމު: އެކައުންޓްސް އެސިސްޓަންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ސެކްޝަން: ފައިނޭންސް އެންޑް އެކައުންޓްސް

މަޤާމުގެ ޝަރުޠު:

  • އޭލެވެލްގައި އިނގިރޭސިއާ ދިވެއްސާ އެކައުންޓްސްއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އުޅެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އޯލެވެލްގައި އިނގިރޭސިއާއި ދިވެއްސާއި އެކައުންޓްސް ހިމެނޭގޮތަށް 5 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ފައިސާ ބަލައިގަތުން.
  • މެނޭޖަރ، ފައިނޭންސް އެންޑް އެކައުންޓްސްގެ އިރުޝާދާއި އެންގުންތަކުގެ މަތީން ފައިސާ ބަލައިގަތުމުގެ ކަންކަން ހިންގުން.
  • ފައިސާއާ ބެހޭ ލިޔެ ކިޔުންތައް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފައިލްކޮށް ބެލެހެއްޓުން.
  • މެނޭޖްމަންޓުން އިތުރުމަސައްކަތްތަކެއް ހަވާލުކޮށްފިނަމަ އެމަސައްކަތެއްގައި ބައިވެރިވުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ރީތިކޮށް އަދި ހަރުދަނާކޮށް މުޢާމަލާތުކުރަން އެނގުން.
  • ފަރިތަކަމާއެކު ކޮމްޕިއުޓަރ އިން ދިވެހި ޓައިޕްކުރަން އެނގުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑަންސް އެލަވަންސް އާއި ފުޑް އެލަވަންސް ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު: 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ އަށް ހުށައެޅުއްވުން އެދެމެވެ.
އީމެއިލް އިން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު ޓީ.ސީ.އެލްގެ މައި އޮފީހުން ލިބެން ހުންނާނެ)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
  • ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން: މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

13 އޭޕްރިލް 2015