ތަމްރީނު
ނަންބަރު: (IUL)475-Loan/475/2024/31
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:24
ސުންގަޑި: 25 އޭޕްރިލް 2024 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

500 ފުރުސަތު

ލޯނު ފުރުސަތުގެ އަދަދު:

ހ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް

ށ.ލައިސަންސް

ފެންވަރު:

މި އިއުލާނުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ދާއިރާތައް.

ދާއިރާ:

"ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު" ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކެވެ.

ޝަރުތުތައް:

ލޯނަށް އެދި ފޯމު ހުށަހަޅާނީ  https://myedu.egov.mvޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގައި ޗެކްލިސްޓަށް ސަމާލުކަންދެއްވުން މުހިންމެވެ.

ލޯނަށް އެދި ފޯމު ހަށަހަޅާނެ ގޮތް:

25 އޭޕްރިލް 2024 ވާ ބުރާސްފަތި 13:30

އެޕްލިކޭޝަން ހުށަހެޅޭނެ ސުންގަޑި:

މި ސްކީމުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 2 (ދޭއް) ކެޓަގަރީއަކަށެވެ.

1.އަލަށް ކިޔަވަންފަށާ ދަރިވަރުން: އަލަށް ކިޔަވަންފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ 1 ޖަނަވަރީ 2024 ނުވަތަ އޭގެ ފަހުން ޕްރޮގްރާމެއްގައި ކިޔަވަންފަށާ ދަރިވަރުން.

2.މިހާރު ކިޔަވަމުންދާ ދަރިވަރުން: މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ގޮތުގައި ބަލާނީ 1 ޖަނަވަރީ 2024 ގެ ކުރިން ކޯހެއްގައި ކިޔަވަން ފަށާފައިވާ ދަރިވަރުން.

ކެޓަގަރީތައް:

-މިއީ މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

-މި ލޯނު ސްކީމުގެ ދަށުން ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 7 ލައްކަ ރުފިޔާ އަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ.

-ޓޮޕްއަޕް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކުރުމުގައި، "ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ފަދައިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަމުންދާ ފަރާތްތަކަށް ލޯނު ދިނުމުގައި، ޕްރޮގްރާމް ނިންމުމަށް އެންމެ ކުރު މުއްދަތެއް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޓޮޕްއަޕް ލޯނު:

-މިއީ ދިވެހިރާއްޖޭގެ ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއް ނުވަތަ މޯލްޑިވްސް ޕޮލިޓެކްނިކް ގައި ވަޒީފާ އަދާކުރުމަށް ޑޮކްޓޯރަލް ސްޓަޑީސް ލެވެލްގެ ޕްރޮގްރާމެއް ކިޔެވުމަށްޓަކައި ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

-މިފުރުސަތުގެ ދަށުން ދަރިވަރުން ހޮވާނީ މެރިޓް އުސޫލުންނެވެ. އަދި ކޮންމެ މަރުކަޒަކަށް ގިނަ ވެގެން ދެވޭނީ އެއް ފުރުޞަތެވެ.

-މި ފުރުސަތައް އެދި އެޕްލިކޭޝަން ހުށަހަޅާނަމަ، ދިވެހިރާއްޖޭގެ ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއް ނުވަތަ މޯލްޑިވްސް ޕޮލިޓެކްނިކާއިއެކު، ކިޔެވުން ފުރިހަމަކުރުމަށްފަހު އެމަރުކަޒަކަށް ޚިދުމަތް ކުރުމަށް އެއްބަސްވާކަމުގެ ލިޔުމެއް އޮންނަންވާނެއެވެ.

 

ދިވެހިރާއްޖޭގެ ޔުނިވަރސިޓީ/ކޮލެޖް/މޯލްޑިވްސް ޕޮލިޓެކްނިކް އަށް ހުޅުވާލެވޭ ޖާގަ:

-ކޮންމެ ދަރިވަރަކުވެސް ހުށަހަޅަންވާނީ އެއް އެޕްލިކޭޝަން ފޯމެވެ.

-އެޕްލިކޭޝަން ހުށަހަޅާނީ އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޭގައި ބަޔާންކުރާ ހުރިހާ ލިޔުންތަކާ އެކުގައެވެ. އެޕްލިކޭޝަނާއިއެކު ހުށަހަޅާންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ، އެޕްލިކޭޝަން ބާތިލްވާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން:

-ދަރިވަރާއި ގެރެންޓަރގެ އައި.ޑީ.ކާޑް ކޮޕީ

-ސެކަންޑްރީ/ހަޔަރ ސެކަންޑްރީ އިމްތިހާން ނުވަތަ އައިބީ ޑިޕްލޮމާ ފިޔަވައި ރާއްޖޭން ބޭރުގައި ކިޔަވައިގެން ހާޞިލްކޮށްފައިވާ ރާއްޖޭގައި އާއްމުކޮށް ބޭނުންނުކުރާ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެސެޓްފިކެޓްގެ ފެންވަރު ބަޔާންކޮށްދޭ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ ލިޔުމެއް

-ފުރިހަމަކޮށްވާ ޑިޕްލޮމާ، ބެޗުލރަސް ޑިގްރީ، މާސްޓަރސް ޑިގްރީ އަކީ ރާއްޖޭން ބޭރުގެ މަރުކަޒަކުން ފުރިހަމަކޮށްފައި ޕްރޮގްރާމެއް ނަމަ، އެމް.ކިއު.އޭއިން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓާއި ފުލް ޓްރާންކްރިޕްޓްގެ ކޮޕީ. (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

-ކިޔަވަން އެދޭ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ހޯދާފައިވާ ސަނަދެއްނަމަ، އެހުރިހާ ކޯހެއްގެ ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

-ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދިނުމުގެ ކުރިން ބޭނުން ކުރުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް ނުވަތަ ލިޔުމެއް، ސެޓްފިކެޓްގެ ބަދަލުގައި ހުށަހަޅާނަމަ، އެއާއިއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓު އަދި ފުލް  ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

-ޓޮޕްއަޕް ލޯނަށް އެޕްލިކޭޝަން ހުށަހަޅާނަމަ، "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު" ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައި ސަބަބަކާ ގުޅޭ ލިޔުން.

-މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކެޓެގަރީން އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުން މިހާރު ކިޔަވަމުންދާކަމާއި ކޯސް ނިންމުމަށް ބާކީ އޮތް މުއްދަތު އެނގޭނެ، ކިޔަވަމުންދާ މަރުކަޒުގެ ލިޔުން.

-ރާއްޖޭގައި ފުރިހަމަކުރެވޭ ކޯސްތަކުގެ ލިސްޓުގައި ހިމެނޭ ކޯހަކަށް ރާއްޖެއިން ބޭރުގައިވާ ދިވެހި ރާއްޖޭގެ ކޮންސިއުލަރ މިޝަންތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާ ނުވަތަ އެފަރާތްތަކާއި ޤާނޫނީގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތެއް ކުރިމަތިލާނަމަ، އެފަރާތެއް ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާކަމުގެ (ދިރިއުޅެމުންދާ ޤައުމުގެ ދިވެހި އެމްބަސީގެ ނުވަތަ ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ) ރަސްމީ ލިޔުން.

-އެމް.ބީ.ބީ.އެސް/ޑެންޓިސްޓްރީ ކޯހަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރީ މެޑިސިން ފުރިހަމަކޮށްފައިވާ ފަރާތެއްނަމަ، ފުރިހަމަކޮށްފައިވާ ޕްރީ މެޑިސިން ކޯހަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލްކުރާ ކޯހެއް ކަމުގެ ލިޔުން.

-ފައުންޑޭޝަން ކޯހުގެ ސެޓްފިކެޓް ހުށަހަޅާނަމަ ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަނގައިދޭ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް އަދި ފުލް ޓްރާންސްކްރިޕްޓް ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

-ހުށަހަޅާ އެއްވެސް ލިޔެކިޔުމަކީ ދިވެހި، އިގިރޭސި ނުވަތަ އަރަބި ބަހުން ނޫން ބަހަކުން އޮތް ލިޔުމެއް ކަމަށްވާނަމަ، އެ ލިޔުމެއްގެ އިނގިރޭސި ތަރުޖަމާ.

-ދިވެހިރާއްޖޭގެ ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއް ނުވަތަ މޯލްޑިވްސް ޕޮލިޓެކްނިކްގައި ވަޒީފާ އަދާކުރުމަށް ޑޮކްޓޯރަލް ޑިގްރީ ލެވެލްގެ ޕްރޮގްރާމެއް ކިޔެވުމަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ދިވެހިރާއްޖޭގެ ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއް ނުވަތަ މޯލްޑިވްސް ޕޮލިޓެކްނިކް އާއިއެކު ޚިދުމަތް ކުރުމަށް އެއްބަސްވާކަމުގެ ލިޔުން.

-މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓްނުކުރާ ޕްރޮވިޝަނަލް ސެޓްފިކެޓާއި ފައުންޑޭޝަން ކޯހުގެ ސެޓްފިކެޓް ފަދަ ސެޓްފިކެޓެއް ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަނގައިދޭ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ލިޔުން އަދި އެސެޓްފިކެޓާއި ފުލް ޓްރާންސްކްރިޕްޓް (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)  

ހުށަހަޅަންޖެހޭ ލިޔުންތައް:

-އެމް.ބީ.ބީ.އެސް/ޑެންޓިސްޓްރީ ކޯހަކަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކޯހަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާންވާނެއެވެ.

އިތުރު މަޢުލޫމާތު:

-ރާއްޖޭން ބޭރުގެ ތަނަކުން ދޫކޮށްފައިވާ މަތީ ތަޢުލީމުގެ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެ ސެޓްފިކެޓެއް އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓްކޮށްފައިއެވެ.

-އެޕްލިކޭޝަނާއިއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާ އެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅަންވާނެއެވެ.

-ހުށަހަޅާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކްރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

އެޕްލިކޭޝަން ޗެކްކޮށްދިނުމަށްފަހު އެކި މަރުހަލާތަކުގައި ތިރީގައި ބަޔާންކޮށްފައިވާ ސްޓޭޓަސްތަކަށް އެޕްލިކޭޝަންގެ ސްޓޭޓަސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ބަދަލުކުރެވޭނެއެވެ.

 Application Submitted: މާނައަކީ އެޕްލިކޭޝަން މިނިސްޓްރީއަށް ލިބިއްޖެ

 Application Complete: މާނައަކީ އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ

 Application Incomplete & Requires Resubmission: މާނައަކީ އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމައެއްނޫން އަދި މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އަލުން އެޕްލިކޭޝަން ހުށަހަޅަން ޖެހޭ

 Resubmitted Application Received: މާނައަކީ އެޕްލިކޭޝަން އަލުން ހުށަހެޅުމުން މިނިސްޓްރީއަށް ލިބިއްޖެ

 Selected: މާނައަކީ ލޯނު ފުރުސަތަށް ހޮވިފައި

 Not selected: މާނައަކީ ޝަރުތު ފުރިހަމަވި ނަމަވެސް، ކަނޑައެޅިފައިވާ ޖާގައިގެ ތެރެއިން ހޮވޭ މިންވަރަށް ޕޮއިންޓް ލިބިފައިނުވުން ލޯނުގެ ފުރުސަތަށް ނުހޮވޭ

 Disqualified: މާނައަކީ ލޯނުގެ ފުރުސަތަށް ޝަރުތު ފުރިހަމަނުވޭ

21- މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީއިން ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭކަމެއްވާނަމަ އެކަން އަންގައި ރަނގަޅު ކުރުމަށް ފުރުސަތެއް ދެވޭނެއެވެ.

-އެޕްލިކޭޝަން ރަނގަޅުކުރުމަށް ފުރުސަތު ދެވޭ ފަރާތްތަކުންވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ކަމުގައިވާ 25 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމް ރީސަބްމިޓްކުރަންވާނެއެވެ. އަދި އެޕްލިކޭޝަން ރީސަބްމިޓްކުރާ ފޯމް އަލުން ޗެކްކޮށްދިނުމަށް ހަމަޖެހިފައެއްނުވެއެވެ.

- 22 މާރިޗު 2024 ވާ ހުކުރު ދުވަހުން ފެށިގެން ހުށަހަޅާ އެޕްލިކޭޝަންތައް ޗެކްކޮށް ރަނގަޅުކުރުމަށް ފުރުސަތުދިނުމަށް ހަމަޖެހިފައެއްނުވެއެވެ.

 

އެހެނިހެން:

މި އިޢުލާނުގެ ޖަދުވަލުތައް ތިރީގައި މިވަނީ:

ޖަދުވަލުތައް:

ހުޅުވައިލައިފައިވާ ޖާގައިގެ އަދަދާއި، ދާއިރާތަށް.

ޖަދުވަލު 1:

ލޯނުގެ ގޮތުގައި ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ލިސްޓު.

ޖަދުވަލު 2:

މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވަރކްގެ މިނިމަމް އެންޓްރީ ރިކްއަރމަންޓް.

ޖަދުވަލު 3:

ނޭޝެނަލް ޓްރެއިނިންގ ނީޑްސް ލިސްޓު.

ޖަދުވަލު 4:

ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލު.

ޖަދުވަލު 5:

ލޯނުގެ ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު.

ޖަދުވަލު 6:

ރާއްޖޭގައި ހިންގާކަމަށް މިނިސްޓްރީން ކަނޑައަޅާ ކޯސްތަކުގެ ލިސްޓު.

ޖަދުވަލު 7:

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

ފޯނު: 3026971،  3026926، 3026916

އީމެއިލް: [email protected]

ވެބްސައިޓް: https://www.mohe.gov.mv

29 ފެބުރުވަރީ 2024