ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ޤާއިމުކުރެވޭ ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރުތަކަށް (ބީ.ޑީ.އެސް.ސީ) ތިރީގައި މި ދަންނަވާ މަޤާމުތަކަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ. އަދި 26 ފެބުރުވަރީ 2015 ގައި ކުރެވުނު ނަންބަރު IUL)101-AF/1/2015/26) އިޢުލާން ބާޠިލުކޮށް، އެ އިޢުލާނަށް ކުރިމަތި ލެއްވި ފަރާތްތަކަށް ވެސް ފުރުޞަތު އޮތް ވާހަކަ ދަންނަވަމެވެ.
ގދ. ތިނަދޫ ބީޑީއެސްސީ އަށް
01 ބީޑީއެސްސީ މެނޭޖަރ
ލ. ފޮނަދޫ ބީޑީއެސްސީ އަށް
01 ޓްރެއިނިންގ ކޯޑިނޭޓަރ
އައްޑޫސިޓީ ބީޑީއެސްސީ އަށް
01 ބީޑީއެސްސީ މެނޭޖަރ
މި މަޤާމުތަކަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެކު އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ ބީ.ޑީ.އެސް.ސީ ޤާއިމުކުރާ ރަށުގައެވެ. އަދި މާލޭގައި ނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައެވެ. މިނިސްޓްރީއަށް މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
- މަޤާމާ ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާޞާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
- ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ
މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޢިޢުލާނާއެކު މިވާ ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން، 27 އެޕްރީލް 2015 ގެ 14:30 ގެކުރިން، ލިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުންއެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ސިޓީ ހުށަހަޅާއިރު އެދިލައްވަނީ ކޮން ސެންޓަރެއްގެ މަޤާމަކަށް ކަން އެނގޭގޮތަށް ބަޔާން ކުރެއްވުން އެދެމެވެ.
މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ. ސިޓީއުރައިގައި 'ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރުގެ ވަޒީފާއަށް އެދި' މިހެން ލިޔެފައި އޮންނަންވާނެއެވެ.