ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2015/134
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 19 އޭޕްރިލް 2015 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މިކުންފުނީގެ ފާމަސީތަކަށް ދެއަހަރުދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފުން ބޭނުންވެއެވެ.

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން

އަސާސީ މުސާރަ (ރުފިޔާ)

އަދަދު

މަޤާމު

އެސް.ޓީ.އޯ އއ. ރަސްދޫ ފާމަސީ

-/4،350

1

ފާމަސިސްޓް

އެސް.ޓީ.އޯ އދ. މަންދޫ ފާމަސީ

-/3،380

2

ފާމަސީ އެސިސްޓަންޓް

އެސް.ޓީ.އޯ އދ. އޮމަދޫ ފާމަސީ

-/4،350

1

ފާމަސިސްޓް

-/3،380

2

ފާމަސީ އެސިސްޓަންޓް

އެސް.ޓީ.އޯ ވ. ފެލިދޫ ފާމަސީ

-/2،620

1

އެސިސްޓެންޓް ލޭބަރ

އެސް.ޓީ.އޯ ވ. ކެޔޮދޫ ފާމަސީ

-/3،380

2

ފާމަސީ އެސިސްޓަންޓް

އެސް.ޓީ.އޯ ތ. ބުރުނީ ފާމަސީ

-/3،380

2

ފާމަސީ އެސިސްޓަންޓް

އެސް.ޓީ.އޯ ލ. ގަން ފާމަސީ

-/5،380

1

ޑިއުޓީ އިން ޗާރޖް

ޑިއުޓީ އިން ޗާރޖް

މަޤާމުގެ މަސްއޫލިއްޔަތު:

  • ސްޓާފުން ސުޕަރވައިޒްކުރުން
  • ސްޓޮކް މެނޭޖްކުރުން
  • ރިޕޯޓު ތައްޔާރުކުރުން
  • ދުވަހުގެ މަސައްކަތް މޮނިޓަރ ކުރުން

ތަޢުލީމާއި ތަޖުރިބާ: މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ފާހެއްލިބިފައިވުން.

ފާމަސިސްޓް

މަޤާމުގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން.
  • ބޭސް ދޫކުރުން.
  • ހަރުތަކުގައި ބޭސް އެތުރުން.
  • ކޮންޓްރޯލް ޑްރަގްސް ރިޕޯޓު ތައްޔާރުކުރުން.
  • މުއްދަތުހަމަވާ ބޭސްތައް ޗެކްކޮށް ރިޕޯޓު ތައްޔާރުކުރުން.

ތަޢުލީމާއި ތަޖުރިބާ: ފާމަސީ އެސިސްޓަންޓްް/ އެޑްވާންސްޑް ސެޓިފިކެޓް ނުވަތަ ޑިޕްލޮމާއިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން.

ފާމަސީ އެސިސްޓެންޓް

މަޤާމުގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
  • ބިލް ހެދުން
  • މުއްދަތުހަމަވާ ބޭސްތައް ޗެކްކުރުންް
  • ހަރުގަނޑުތަކުގައި ބޭސް އެތުރުން
  • ކްރެޑިޓް ބިލް ޗެކްކުރުން
  • އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ: ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން

އެސިސްޓެންޓް ލޭބަރ

މަޤާމުގެ މަސްއޫލިއްޔަތު:

  • ފާމަސީގެ އެތެރެ ސާފުކޮށް ބެލެހެއްޓުން
  • ހަރުގަނޑުތަކުގައި ބޭސް ޖެހުން
  • މުދާތައް (ބޭސް) ބޭލުން

ތަޢުލީމާއި ތަޖުރިބާ:

  • ގްރޭޑް 7 ނިންމާފައިވުން
  • ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެގުން

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 1،500.00ރ އާއި 2،500.00ރ އާ ދެމެދުގެ ޢަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތައް ހަޖައްސައިދެވޭނެ
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ
  • މަތީ ތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ
  • ޕެންޝަން
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 19 ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން އަދި އެސްޓީއޯ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މިމަޤާމުތަކަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގ  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344245/ 3344368، ފެކްސް: 3344041، އީމެއިލް އެޑްރެސް: [email protected]

13 އޭޕްރިލް 2015