ދިވެހިރާއްޖެ
މިއިދަރާގެ ނަންބަރު: (IUL)417-IMS/417/2024/3 ( 09 ޖަނަވަރީ 2024 ) އިޢުލާނުގައިވާ ގދ.ހޯނޑެއްދޫ ބަންޑާރަ ބިމުން ދިރިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 2500 އަކަފޫޓުގެ 100 ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށްވަނީ ނިންމާފައެވެ.
ވީމާ ގދ.ހޯނޑެއްދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2024 މާރިޗް 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުމަށް އެދެމެވެ. އަދި އީމެއިލް ކުރައްވާނަމަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] : އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6840015 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.