ބީލަން
ނަންބަރު: (IUL)366/2024/19
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 07 މާރިޗު 2024 13:30
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫރުމިސްކިތު މަރާމާތާއިބެހޭ

ނޫރު މިސްކިތުގެ އުތުރުފަރާތައް އަންހެނުން ނަމާދުކުރުމަށް އިތުރުކޮށްފައިވާ ފެންޑާބައިގެ ތަޅުމުގައި މުށިޖެހުމާއި، ސީލިންގު ކުރުމާއި އަދި މިސްކިތުގެ ހުޅަނގު ފަރާތު އަސްކެނީގެ ސީލިންގުން ހަލާކުވެފައިވާ ބައިގެ ސީލިންގު ކުރުމަށް ބޭނުންވާ ތަކެތި ހޯދާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (19-2-2024) (IUL)366/2024/15 ގެ އިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލު ކުރުމަށްފަހު އަލުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 ވީމާ، މިއިޢުލާނާއެކު ޢާއްމުކޮށްފައިވާ ލިސްޓްގައިވާ ތަކެތި އަމިއްލަ ޚަރަދުގައި މިއިދާރާއަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 07 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި،  ތަކެތީގެ އަގުތައް ވަކިން އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ކޯޓޭޝަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއެކު ހޯދުމަށް ބޭނުންވާ ތަކެތީގެ ލިސްޓް ޢާއްމު ކުރީމެވެ.

 ވިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

29 ފެބުރުވަރީ 2024