މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ. އެސް. 4/ އޮފިސަރ ގްރޭޑް 2
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ނަންބަރު
|
256719
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި، ސެކްޝަން
|
ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޔުނިޓް، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕަރޓްމަންޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ.މާލެ
|
މުސާރައާއި އިނާޔަތްތައް
|
- މުސާރަ: -/5020ރ
- ސަރވިސް އެލަވަންސް: -/1500ރ
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާއިން ކަމާބެހޭ ފަރާތްތަކަށް ގުޅުން ބަދަހި ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް އިސްވެރިޔެއް އަންގާ ގޮތަށް ކުރުން.
- ކޮންސްޓްރަކްޝަނާބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާ ގުޅިގެން ގުޅުން ބަދަހި ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް އިސްވެރިޔެއް އަންގާ ގޮތަށް ކުރުން.
- ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ އެކަށޭނަމީހުންނާއި، އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމަށް ސަރުކާރުގެ ދާއިރާތަކާއި އިންޑަސްޓްރީއާ ގުޅުން ބަދަހި ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް އިސްވެރިޔެއް އަންގާ ގޮތަށް ކުރުން.
- ކޮންސްޓްރަކްޝަން ދާއިރާއަށް މީހުން ތަމްރީނު ކުރުމުގެގޮތުން ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ މަޢުލޫމާތު ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާ އަދި އެހެނިހެން ފަރާތްތަކާ ގުޅިގެން ހޯދުމާއިއެކު ތަމްރީން ޕްރޮގްރާމްތަކަށް ބޭނުންވާ މެޓީރިއަލްސް ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް އިސްވެރިޔެއް އަންގާ ގޮތަށް ކުރުން.
- ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން އެކުލަވާލެވިފައިވާ/އެކުލަވާލެވޭ ގަވާއިދުތަކާއި، ކޯޑްތަކާއި، ސްޓޭންޑަރޑްތަކަށް އަހުލުވެރިކުރުވުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ބެހޭ މަޢުލޫމާތުތައް ހޯދުމާއި ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް އިސްވެރިޔެއް އަންގާ ގޮތަށް ކުރުން.
- މިނިސްޓްރީން ތައްޔާރު ކުރަން ޖެހޭ އެކިއެކި ގަވާއިދު، އުސޫލް، އަދި އެހެން ލިޔެކިނުންތައް އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރުމުގައި އިސްވެރިއެއްގެ ދަށުން މަސައްކަތްތައް ކުރުމަށް އެހީތެރިވުން.
- ކޮންސްޓްރަކްޝަންގެ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ބަލަހައްޓައި، ކުރިއެރުވުމަށް ބޭނުންވާ ދާއިރާތައް އައިޑެންޓިފައި ކުރެވިފައިވާ ކަންތައްތަކާގުޅޭ މަޢުލޫމާތު ބެރުފަރާތްތަކުން ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް އިސްވެރިޔެއް އަންގާ ގޮތަށް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
- އިނގިރޭސި ބަހުން މުޢާމަލާތުކުރާގޮތް
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް (އަމީނީމަގު، މާފަންނު/ މާލެ) ފޮނުއްވުން އެދެމެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 2015 އެޕްރީލް/މޭ މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
25 ޖުމާދަލްއާޚިރާ 1436
|