ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2024/07
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 10 މާރިޗު 2024 12:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޑިރެކްޓަރ – ބިޒްނަސް ޑިވެލޮޕްމެންޓް

ނަންބަރު: IUMH-AD/I/2024/07

ވަޒީފާގެ ފުރުސަތު

ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތެކެވެ. 

މަޤާމު:

ޑިރެކްޓަރ – ބިޒްނަސް ޑިވެލޮޕްމެންޓް

ބޭނުންވާ ޢަދަދު: 1

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 2 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ނުވަތަ ދާއިމީކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު)

އަސާސީ މުސާރަ:

މަހަކު -/8,000 ރުފިޔާ

އެލަވަންސް:

- ސާރވިސް އެލަވަންސް: މަހަކު -/7,000 ރުފިޔާ

- ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް -/140 ރުފިޔާ

- ފޯން އެލަވަންސް: މަހަކު -/300 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލެވަލް 9 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން ސީނިއަރ ލެވަލް މަޤާމެއްގައި ފުލްޓައިމްކޮށް މަސައްކަތްކޮށް މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުން. ނުވަތަ

- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7/8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ސީނިއަރ ލެވަލް މަޤާމެއްގައި މަސައްކަތްކޮށް މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ ބޯޑު އަދި އެމްޑީއާއި ހަމައިން އަންނަ ވިޔަފާރީގެ ޚިޔާލުތައް ކުރިޔަށްގެންގޮސް ތަންފީޒުކުރުން.
  • ފައިނޭންޝިއަލް ޕްރޮޖެކްޝަންސް ހެދުން.
  • ބިޒްނަސް ޕްލޭންސްތައް ހެދުން.
  • ވިޔަފާރީގެ ފުރުޞަތުތައް ހޯދުން.
  • ވިޔަފާރީގެ އައު ގުޅުންތައް ޤާއިމްކުރުން.
  • ވިޔަފާރިތަކުގެ ބަޖެޓު ތައްޔާރުކޮށް ބެލެހެއްޓުން.
  • ރިޕޯޓިންގ އަދި ޑޮކިއުމެންޓޭޝަން
  • މާކެޓިންގ މަސައްކަތްތައް ކުރުން.
  • މާކެޓިންގ ރިސަރޗް ހެދުން.
  • ބެރޭންޑިންގ

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު [email protected] އަށް 10 މަރޗް 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3016522 އަށެވެ.

  • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

 

28 ފެބުރުވަރީ 2024