ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2024/31
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 04 މާރިޗު 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ބައެއް ރުއްތައް ނީލަން އުސޫލުން ދޫކޮށްލުމާއި ގުޅޭ:

                                                                                  (IUL)307/INDIV/2024/31 ނަންބަރު           

އިޢުލާން

 

ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ބައެއް ރުއްތައް ނީލަން އުސޫލުން ދޫކޮށްލުމާއި ގުޅޭ:

މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ރުއްގަސް، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް ނީލަން އުސޫލުން ދޫކޮށްލުމަށް ކިޔުނު ނީލަމުގައި ބައިވެރިވި 1 ފަރާތަކުން ނީލަން ދޫކޮށްލާފައިވާތީ ދޫކޮށްލި ބައި އަލުން ނީލަން އުސޫލުން ދޫކޮށްލަމެވެ.

ބަނދަރު ރުއްތައް ނީލަން އުސޫލުން ދޫކޮށްލަން ބެހިފައިވާ ގޮތް:

  1. ބަނދަރު ހުޅަނގަށް 1 އިން 8 އަށް  އަދި 31،30 ކަޅުކުލައިން ނަންބަރު ޖަހާފައިހުރި 10 ރުއް.
  2. ކައުންސިލް އިދާރާގެ ކުރިމަތީގައި ހުރި ރުކުން ފެށިގެން އެސް.ޓީ.އޯ ފާމަސީ ކުރިމަތީގައި ހުރި ބޮޑު ބުރާއި ހިސާބަށް 9 އިން 15 އަށް ނަންބަރު ޖަހާފައިހުރި 7 ރުއް.
  3. ބަނދަރުގެ އިރުމަތީ ސަރަހައްދުގައި ހަދާފައިވާ ކެފޭ ސަރަހައްދުގައި 16 އިން 22 އަށް ކަޅުކުލައިން ނަންބަރު ޖަހާފައިހުރި 7 ރުއް.
  4. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިން ނަންބަރު 2 (ކަށިމާގޭ ހުޅަނގުން ޖެހިގެން އޮތް ހުސްބިން) ގައި ހުރި 01 ބަނބުކެޔޮ ގަސް.

ވީމާ، މި ރުއްގަސްތައް ނީލަން އުސޫލުން ނެންގެވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށްޓަކައި 04 މާރޗް 2024 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް ބަނދަރު ސަރަހައްދަށް ( ކައުންސިލް އިދާރާ ކުރިމައްޗަށް) ވަޑައިގެންދެއްވުން އެދެމެ. ކޮންމެ ބަޔަކަށް ވަކިން  ނީލަން ފެއްޓޭ އަގަކީ 1500( ފަނަރަސަތެކަ) ރުފިޔާއެވެ.

 

28 ފެބުރުއަރީ 2024

28 ފެބުރުވަރީ 2024