ދިވެހިރާއްޖެ
މި ކައުންސިލަށް ސާވަރއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)350-LH/350/2024/10 އިއުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ. މި މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ “ބީލަން ފޮތް'' އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ބީލަމުގައި ބައިވެރިވުން
މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 03 މާރިޗު 2024 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން ރަޖިސްޓަރީ ފޯމް ފުރިހަމަ ކުރުމަށްފަހު މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 04 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި ކައުންސިލްގެ ގެ އީމެއިލް [email protected] އަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހަޅާނީ 07 މާރިޗް 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާއަށެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ވިޔަފާރީގެ ވެރިވަރާތްނޫން އެހެން ފަރާތަކުން ބީލަން ހުށަހަޅަން ދުރުވާނަމަ ވިޔަފާރީގެ ވެރިވަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް، ބީލަން ހުށަހަޅަން ދުރުވާ ފަރާތުން ގެންނަން ވާނެއެވެ.