މަސައްކަތް
ނަންބަރު: (IUL)222-AH/INDIV/2015/13
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 20 އޭޕްރިލް 2015 11:00
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ގްރައުންޑް ފްލޯރ އަދި ފަސްޓް ފްލޯރގައި ޔޫ.ވީ ފިލްޓަރ ހޯދައި ތަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ޤައުމީ ދާރުލްއާސާރު ހިނގަމުންދާ އިމާރާތުގެ ގްރައުންޑް ފްލޯރ އަދި ފަސްޓް ފްލޯރގައި ޔޫ.ވީ ފިލްޓަރ އަމިއްލައަށް ހޯދައި ތަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިޑިޕާޓްމަންޓުން ކުރި ނަންބަރު 9/IUL)222-AH/INDIV/2015)ފ(22 މާރިޗު 2015) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ލިޔެކިޔުންތައް ފުރިހަމަ ކުރެވިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ޤައުމީ ދާރުލްއާސާރު

ހޯމަ

20 އެޕްރީލް 2015

11:00

އަންދާސީހިސާބު ހުށަހެޅުން

ޤައުމީ ދާރުލްއާސާރު

 ބުރާސްފަތި

23 އެޕްރީލް 2015

11:00

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރިނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

‏‏‏20 ޖުމާދަލްއާޚިރާ‏ 1436

15 އޭޕްރިލް 2015