ނީލަން
ނަންބަރު: (IUL)14-A4/1/2024/24
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 10 މާރިޗު 2024 11:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ހަނިމާދޫ ކަސްޓަމްސްގައި ބޭނުންކޮށްފައިވާ 01 ވޭން ނީލަމުގައި ވިއްކުމާބެހޭ

        ހަނިމާދޫ ކަސްޓަމްސްގައި ބޭނުންކޮށްފައިވާ 01 ވޭން ނީލަން ކިއުމަށް ކުރިން ބޭއްވުނު ނީލަންތަކުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައިނުވާތީ، އަލުން ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުން 10 މާޗް 2024 ވާ އާދީއްތަ ދުވަހު ހެނދުނު 11:00ގައި ހަނިމާދޫ ކަސްޓަމްސްގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

        ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

        ނީލަން ކާމިޔާބުކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ފައިސާ ދައްކާފައިނުވާނަމަ، ތަރުތީބުން ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތްތަކަށް ފުރުސަތު ލިބިގެންދާނެއެވެ. އަދި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް 24 (ސައުވީސް) ގަޑިއިރުތެރޭ ދެއްކުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

        ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތައް 10 މާޗް 2024 ވާ އާދީއްތަ ދުވަހު ހެނދުނު 11:00ގައި ހަނިމާދޫ ކަސްޓަމްސްއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ގެންނެވުން އެދެމެވެ.

        މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ފެބުރުވަރީ 2024