ނޫސްބަޔާން
ނަންބަރު: 288/C4/2024/003
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 08:56
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން އަލީ މައުރޫފަށް ކުއްޔައް ދޫކޮއްފައިވާ ބިމާއި ގުޅޭ ކައުންސިލްގެ ބަޔާން

މިކައުންސިލުން އަލީ މައުރޫފުއަށް ކުއްޔަށްދޫކޮއްފައިވާ ބިމަކީ އެކި އެކި ބޮޑެތި މަސައްކަތްތަކުގެ ބޭނުމަށް ކުއްޔަށް ދޫކުރެވިފައިވާ ބިމެކެވެ. އެގޮތުން، އެ ބިމުގައި ގެސްޓްހައުސް ތަރައްގީކުރުމުގެ ބޭނުމަށް މި ކައުންސިލާއި އަލީ މައުރޫފުއާއި ދެމެދު 15 ޖަނަވަރީ 2012 ވަނަ ދުވަހު، މި ކައުންސިލްގެ ނަންބަރު D-288/AMD/2012/001 އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ.

      ހަވާލާދެވުނު އެއްބަސްވުންވެސް އެކުލަވާލެވިފައިވަނީ ޓުއަރިޒަމްގެ ބޭނުމަށްކަމަށްވާތީ، ކަމާގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން، ޓުއަރިޒަމް މިނިސްޓްރީގެ ލަފާގެ މަތިން ދެންނެވުނު އެއްބަސްވުން ޓުއަރިޒަމްގެ ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށް އެކުލަވާލެވޭ ސްޓޭންޑާރޑް އެއްބަސްވުމަކަށް ބަދަލުކުރުމަށް ދެފަރާތުން މަޝްވަރާކޮށް އެއްބަސްވެވިފައިވެއެވެ.

      އަދި އެގޮތުގެ މަތީން ކައުންސިލްގެ 4 ވަނަ ދަޢުރުގެ 81 ވަނަ އާންމު ބައްދަލުވުމުން އެކަން ނިންމައި 2024 ފެބުރުވަރީ 21 ވަނަ ދުވަހު، ޓުއަރިޒަމް ސްޓޭންޑާރޑަ އެއްބަސްވުންތަކުގެ ދަށުން ތިންވަނަ ފަރާތަކަށް ޙައްޤުތައް ބަދަލުކުރުމަށް އަލީ މައުރޫފަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އެ އެއްބަސްވުމުގެ ދަށުން މަތީގައި ބަޔާންކުރެވިފައިވާ ބިން އެޓޯލްސް އިންޓަނޭޝަނަލް ޕވޓ ލޓޑ އަށް ބަދަލުކުރެވި ދެފަރާތުގެ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ.  

ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

28 ފެބުރުވަރީ 2024