ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-IMS/417/2024/37
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 23:52
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ދޫކުރުމާއިބެހޭ؛

ގދ.ހޯނޑެއްދޫ އިން ދިރިއުޅުމަށްޓކައި ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކުގެ ތެރެއިން ބައެއްފަރާތްތަކުން ދަނީ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ހޯދުމަށް އެދި ކައުންސިލަށް ހުށަހަޅަމުންނެވެ.

ވީމާ، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކައުންސިލަށް ސިޓީ ހުށަހެޅުމުން އިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ކައުންސިލްގެ ކައުންޓަރުން ދޫކުރެވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

27 ފެބުރުވަރީ 2024