ވަޒީފާގެ ފުރުޞަތު
ނަންބަރު: POLWEC(IUL)/2024/01
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 23:16
ސުންގަޑި: 03 މާރިޗު 2024 14:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ފާމަސިސްޓް (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

އަސާސީ މުސާރަ: -/4,500ރ (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ)

އެލަވަންސް؛

ސަރވިސް އެލަވަންސް: އަސާސީ މުސާރައިގެ %80 

އިތުރުގަޑި އެލަވަންސް: އަސާސީ މުސާރައިގެ %60 

ފުޑް އެލަވަންސް: -/1500ރ (ފަނަރަ ސަތޭކަ ރުފިޔާ)

އޮފީސް: ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. / އިސްކަންދަރު ކޮށި 01، މާލެ

މަސައްކަތް ކުރަންޖެހޭތަން: ނޫސަންދަ އައްޑޫ ކްލިނިކް ފާމަސީ / ސ.ހިތަދޫ

މުއްދަތު: ވަޒީފާ ހަމަޖެހޭ ތަރީޚުން ފެށިގެން 6 މަސް ދުވަސް

މަޤާމުގެ ޝަރުތު:

ޖީ.ސީ،އީ އޯލެވެލް 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

- ޑިޕްލޮމާ ނުވަތަ ސެޓްފިކެޓް ލެވެލް 4 އިން ފާމަސީ ފުރިހަމަ ކޮށްފައިވުން.

- މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް ގައި ޑިސްޕެންސަރ، ފާމަސީ އެސިސްޓެންޓް ނުވަތަ ފާމަސިސްޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވުން.

- ސިއްޚީ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ހުރި ފަރާތްތަކަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭނެއެވެ.

އިތުރު މަޢުލޫމާތު:  މިމަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 މާރިޗު 03 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ކަމުގެ ސިޓީ (ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. މެނޭޖިންގ ޑިރެކްޓަރ އަށް އެޑްރެސްކޮށް)، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ، ސީ.ވީ. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. / އިސްކަންދަރު ކޮށި 01،  އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

# އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7868676 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

27 ފެބުރުވަރީ 2024