މަޤާމު:
|
އެސިސްޓަންޓް ވެލުއޭޝަން އޮފިސަރ (ޖީ.އެސް 3) (1 އަހަރުގެ ކޮންޓްރެކްޓް)
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ:
|
މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/40 ރުފިޔާ
|
ސާރވިސް އެލަވަންސް:
|
-
|
ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ
|
ސެކްޝަން:
|
ސްޓޭޓް ޕްރޮޕަޓީ މެނޭޖްމަންޓް ޑިވިޜަން، ވެލުއޭޝަން އެންޑް އިންޝުއަރެންސް ސެކްޝަން
|
މަޤާމުގެ ޝަރުޠު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ސަރުކާރުގެ އަގުބޮޑު ތަކެއްޗާއި ޕްރޮޕަރޓީ ތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ހަމަޖެހިފައި އޮންނަ އުސޫލަކުން ޔުނިޓްގެ ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން.
- މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ފިހާރަތަކެއް އަގު ކުރުމުގެ އެންމެހާ މަސައްކަތްތައްކުރުން.
- ރާއްޖޭގައި ހުރި ސަރުކާރުގެ ޕްރޮޕަރޓީތައް އަގު ކުރުމުގެ މަސައްކަތް ކުރުން.
- ސަރުކާރުގެ އަގު ބޮޑު އެސެޓްތައް އަގު ކުރުމުގެ މަސައްކަތް ކުރުން.
- ސަރުކާރުގެ ހުރިހާ އެސެޓްތައް އަގުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރަޖިސްޓްރީއެއް ހެދުމަށް ޕްރޮޕަރޓީ މެނޭޖްމަންޓް އޮފިސަރއަށް އެހީތެރިވުން.
- ސަރުކާރުގެ ހުރިހާ އެސެޓްތައް އަގުކޮށް އެއަށް އަންނަ ބަދަލުތައް ހޯދައި އެސެޓް ރަޖިސްޓްރީ ފުރިހަމަކުރުން.
- ރާއްޖެއިން ބޭރުގައި ހުރި ސަރުކާރުގެ ޕްރޮޕަރޓީތަކުގެ މަޢުލޫމާތު ހޯދައި، އެތަންތަން އަގުކޮށް ރަޖިސްޓްރީ ފުރިހަމަކުރުން.
|
އުޖޫރަ އާއި އިނާޔަތްތައް:
|
- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ކަނޑައެޅިފައިވާގޮތަށް މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/40 ރުފިޔާ ދެވޭނެއެވެ.
- އާސަންދަ (ހެލްތް އިންޝުއަރެންސް)
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
- އިނގިރޭސި އަދި ދިވެހި ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
- މުޢާމަލާތުކުރާ ގޮތް
- ސާފުތާހިރުކަން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު/ އައި.ޑީ ކާޑުގެ ކޮޕީ/ ސްކޫލް ލީވިންގ ސެޓްފިކެޓް
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމްތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން).
|
ސުންގަޑި:
|
29 އޭޕްރިލް 2015 (ބުދަ) ދުވަހުގެ 14:30 ގެ ނިޔަލަށް
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.
|