ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2015/118
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 29 އޭޕްރިލް 2015 14:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮޕަޓީ މެނޭޖްމަންޓް އޮފިސަރ

މަޤާމު:

އެސިސްޓަންޓް ޕްރޮޕަޓީ މެނޭޖްމަންޓް އޮފިސަރ (ޖީ.އެސް 3) (1 އަހަރުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1

މުސާރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/40 ރުފިޔާ

ސާރވިސް އެލަވަންސް:

-

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ

ސެކްޝަން:

ސްޓޭޓް ޕްރޮޕަޓީ މެނޭޖްމަންޓް ޑިވިޜަން، ޕްރޮޕަޓީ މެނޭޖްމަންޓް ސެކްޝަން

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މިނިސްޓްރީގެ ފަރާތުން ކުއްޔަށްދޭ ތަންތަނުގެ އެއްބަސްވުންތައް ތައްޔާރުކޮށް، ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އެކަމާބެހޭ އެންމެހާ މަސައްކަތެއް ކުރުން.
  • މި މިނިސްޓްރީގެ ފަރާތުން ކުއްޔަށް ދޫކުރެވިފައިވާ، ފިހާރަތަކުގެ މުއްދަތު ހަމަވުމުގެ 3 މަސް ދުވަސް ކުރިން ފިހާރަތައް ކުއްޔަށް ދިނުމަށް އިޢުލާން ކުރުމާއި، ފިހާރަ ކުއްޔަށް ދިނުމާބެހޭ އެންމެހާ ކަންތައްތައް، ހަމަޖެހިފައި އޮންނަ އުސޫލާއި ގަވާއިދާ އެއްގޮތަށް ސެކްޝަންގެ ވެރިއެއްގެ އިރުޝާދާއެއްގޮތަށް، އެކަމާބެހޭ އެންމެހާ މަސައްކަތެއް ކުރުން.
  • މި މިނިސްޓްރީން ކުއްޔަށް ދީފައިވާ ފިހާރަތަކުގެ ރަޖިސްޓްރީތައް ހަދައި، ރަޖިސްޓްރީއަށް އަންނަ ބަދަލުތައް ނޯޓްކޮށް ބަލަހައްޓަމުން ގެންދިއުން.
  • ފިހާރަތަކާބެހޭ ލިޔުންތަކާއި، ސަރުކާރު ޕްރޮޕަރޓީތަކުގެ ލިޔުންތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ސެކްޝަން ބަޖެޓް ތައްޔާރުކުރުމުގައި، މުވައްޒަފު ކުރާ މަސައްކަތާ ގުޅޭ ގޮތުން އެހީތެރިވުން.
  • ސަރުކާރުގެ އެސެޓް ރަޖިސްޓްރީތައް ހަދާ ބެލެހެއްޓުމާއި، ރަޖިސްޓްރީތަކަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު ލިބުމުން ޢަމަލުކޮށް އެތަކެތި ފައިލްކުރުން.
  • ސެކްޝަންގެ މަސައްކަތާ ގުޅިގެން ބިޑް ކޮމިޓީ ބާއްވާ ދުވަސްތަކުގައި ބިޑްކޮމިޓީގެ ޔައުމިއްޔާ ލިޔުން.
  • މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ ސަރުކާރުގެ އިމާރާތްތަކުގެ ރަޖިސްޓްރީއެއް ތައްޔާރުކޮށް، އަންނަ ބަދަލުތައް ނޯޓްކޮށް މަޢުލޫމާތު ފުރިހަމަ ކުރަމުން ގެންދިއުން.
  • ރާއްޖެއިން ބޭރުގައި ހުރި މި މިނިސްޓްރީގެ ހަވާލުގައިވާ ޕްރޮޕަރޓީތަކުގެ ރަޖިސްޓްރީހަދައި، އަންނަ ބަދަލުތައް ނޯޓްކޮށް މަޢުލޫމާތު ފުރިހަމަ ކުރަމުން ގެންދިއުން.

އުޖޫރަ އާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ ކަނޑައެޅިފައިވާގޮތަށް މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/40 ރުފިޔާ ދެވޭނެއެވެ.
  • އާސަންދަ (ހެލްތް އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • އިނގިރޭސި އަދި ދިވެހި ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • މުޢާމަލާތުކުރާ ގޮތް
  • ސާފުތާހިރުކަން     

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު/ އައި.ޑީ ކާޑުގެ ކޮޕީ/ސްކޫލް ލީވިންގ ސެޓްފިކެޓް
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

29 އެޕްރީލް 2015 (ބުދަ) ދުވަހުގެ 14:30 ގެ ނިޔަލަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/3349335 ނަންބަރުު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

 

14 އޭޕްރިލް 2015