ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2015/39
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 27 އޭޕްރިލް 2015 14:30
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސް ތަކުގައިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

އޮފީސް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ކުޑަކުދިންގެ ހިޔާ، ވިލިމާލެ

މަޤާމު

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ އަދަދު

02

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: ޖީއެސް 4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ /އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

  • ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް  އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސޯޝަލްސައިންސްގެ ދާއިރާއަކުން ސެޓްފިކެޓް ލެވަލް 3 ފުރިހަމަކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނާ ގުޅޭ މައްސަލަތަކުގައި، ކުރަންޖެހޭ ހޯމްވިޒިޓް ކުރުމާއި މައްސަލައިގެ ހާލަތު  ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމާއެކު، ރިޕޯޓުތައް ތައްޔާރު ކޮށް އިސް ބޭފުޅުންގެ ލަފަޔާއެކު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • ކުޑަކުދިންގެ ހިޔާއާއި އަމާން ހިޔާގެ ކުދިންނާއި އަދި ޢާއިލާތަކާ އެކީ މަސައްކަތް ކުރުން.
  • ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް އެ މައްސަލައެއްގައިހިމެނޭ ފަރާތެއްގެ ހިސްޓްރީ ތައްޔާރު ކުރުމަށްފަހު އެސެސްމަންޓްހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދައި، ކަމާގުޅޭ ދާއިރާތައްކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، އަދި ފެމިލީކޯޓްފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއެކު، މައްސަލައާގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓުތައް ލަސްނުކޮށް އެ ފަރާތްތަކަށް ފޮނުވުމާއެކު މައްސަލަ ކުރިއަށް ގެންދިއުން.
  • ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން
  • ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުން.
  • ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލުކުރުން.

މަޤާމު

ކައުންސެލަރ

ބޭނުންވާ އަދަދު

2

މަޤާމުގެ ކްލެސިފިކޭޝަން:އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

 މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ/ އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

  1. ސައިކޮލޮޖީ/ ސޯޝޮލޮޖީ/ ކައުންސިލިން/ ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސައިކޮލޮޖީ/ ސޯޝޮލޮޖީ/ ކައުންސިލިން/ ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. ސައިކޮލޮޖީ/ސޯޝޮލޮޖީ/ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ހިޔާގައި އަދި އަމާންހިޔާގައި ދިރިއުޅެމުންދާ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެކުދިންނާ ބައްދަލުކޮށް ކައުންސެލިންގ ދިނުން.
  • ކުދިންނަށް ބޭނުންވާ ސަޕޯޓް ގްރޫޕްތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ސަޕޯޓް ގުރޫޕު ކުރިއަށް ގެންދިއުން.
  • ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް އެ މައްސަލައެއްގައިހިމެނޭ ފަރާތެއްގެ ހިސްޓްރީ ތައްޔާރު ކުރުމަށްފަހު އެސެސްމަންޓްހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދައި، ކަމާގުޅޭދާއިރާތައްކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑްޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، އަދި ފެމިލީކޯޓްފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއެކު، މައްސަލައާގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓުތައް ލަސްނުކޮށްއެ ފަރާތްތަކަށް ފޮނުވުމާއެކު މައްސަލަ ކުރިއަށް ގެންދިއުން.
  • ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކޮށްދޭފަދަ ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކޮށް ދިނުމަށްޓަކައި ސްޓާފުންނަށް އެކި ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުން.   
  • ކުޑަކުދިންގެ ހިޔާ ގައިތިބޭ ކުދިންނާ ގުޅޭ މައްސަލަތަކުގައި، ކުރަންޖެހޭ ހޯމްވިޒިޓް ކުރުމާއި މައްސަލައިގެ ހާލަތު  ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ކުޑަކުދިންގެ ހިޔާ ގައި ތިބޭ ކުދިންގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމާއެކު، ރިޕޯޓުތައް ތައްޔާރު ކޮށް އިސް ބޭފުޅުންގެ ލަފަޔާއެކު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • މިނިސްޓްރީ އާއި، ގުޅިގެން ހިންގަންޖެހޭ އެންމެހާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ހިންގުމުގައި އެހީތެރިވެ ދިނުން. އަދި ކައުންސެލިން ސެޝަންތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން
  • ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުން.
  • ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.

މަޤާމު

އެސިސްޓެންޓް ޗައިލްޑް ކެއަރ ވާރކަރ

ބޭނުންވާ އަދަދު

01

މަޤާމުގެކްލެސިފިކޭޝަން:އެސިސްޓަންޓް  ޓެކްނިކަލްއޮފިސަރ ގްރޭޑް1

ރޭންކް GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ /އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

  • ސޯޝަލް ސައިންސް/ ކައުންސެލިން/ ޗައިލްޑްކެއަރ ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅޭދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުޑަކުދިންގެ ހިޔާ/ އަމާންހިޔާގައި، ތިބޭ ކުދިންގެ އެންމެހާ ކަންތައްތައް (ކާންބޯންދިނުމާއި، ފެންވެރުވުމާއި، ސްކޫލަށްގެންދިއުންފަދަ) ބެލެހެއްޓުން.
  • ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.

މަޤާމު

އެޑްމިނސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގރ.1

ރޭންކް:GS 3

މުސާރަ

މަހަކު-/4465 ރުފިޔާ

 

 

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ/ އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު އެޑްމިނިސްޓްރޭޓިވް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

 

  • ކުޑަކުދިންގެ ހިޔާގެ ބަޖެޓުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތު ގަވާއިދާ އެއްގޮތައް ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
  • ކުޑަކުދިންގެ ހިޔާއިން ފައިސާ ދައްކަން ޖެހޭ ބިލްތައް އެބިލެއްގެ ފައިސާ ދެއްކުމަށް އޮންނަ މުއްދަތުގެ ތެރޭގައި ޕީވީ ހަދާ ފައިސާ ދެއްކުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ތައް ގަވާއިދުން ކޮށް ބެލެހެއްޓުމާއި އެކަމާ ގުޅޭ އެންމެހާ ލިޔެކިޔުންތައް އޯޑަރަށް ފައިލްކޮށް ބެލެހެއްޓުން.
  • ކުޑކުދިންގެ ހިޔާގެ ބަޖެޓުން ކުރާ ޚަރަދުތަކުގެ ރިޕޯޓުތައް، ތިޖޫރީ ރިޕޯޓު، ޕެޓީކޭޝް ރިޕޯޓު، ކޮއްތު ރިޕޯޓު އާއި ބަޖެޓްގެ ޚަރަދު ރިޕޯޓުތައް އެރިޕޯޓެއް ނިންމަންޖެހޭ މުއްދަތައްނިންމާ، ބަޖެޓުންކުރެވިފައިވާ ޚަރަދުތައް އެފް އެމް ރިޕޯޓާއި ދިމާކޮށް  ޗެކްކުރުމަށްފަހު ބަޖެޓްގެ މަސައްކަތާ ހަވާލުވެ ހުންނަ ވެރިޔަކު ލައްވާ ސޮއި ކުރުމަށްފަހު  ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން މިނިސްޓްރީގެ އެކައުންޓްސް ޑިވިޝަނަށް ފޮނުވުމާއި އެރިޕޯޓުތައް އޯޑަރަށް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގެ ބަޖެޓުން މުސާރަދޭ މުއައްޒަފުންގެ މުސާރަ ޕީވީ އާއި އެކަމާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ކޮންމެ މީލާދީ މަހެއްގެ 25 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގެ އެކައުންޓްސް ޑިވިޝަނަށް ފޮނުވުމާއެކު އެކަމާ ގުޅިގެންކުރަންޖެހޭ އެނމެހާކަންކަން ކޮށް ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގެ ބަޖެޓް، އެއަހަރެއްގެ ބަޖެޓް ތައްޔާރުކުރުމަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސަވާ ގަވާއިދާ އެއްގޮތަށް ބަޖެޓް ގެކަންތަކާ ހަވާލުވެހުންނަ ވެރިއެއްގެ ލަފާގެ މަތިން އާ އަހަރުގެ ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތައް ފޮނުވަންޖެހޭ ފަރާތަތަކަށް ފޮނުވުވުމާއި، ކޮންމެ މާލީ އަހަރެއް ނިމުމުން ކުޑަކުދިންގެ ހިޔާގެ މާލީ ހިސާބު ނިންމުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އަންގަވާފައިވާ މުއްދަތައް ނިންމާ އެކަމާގުޅޭ ގޮތުން ފޮނުވަން ޖެހޭ ލިޔެކިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  • ކުޑަކުދިންގެ ހިޔާގެ ޓްރަސްޓްފަންޑު(1616)އަށް ލިބޭ ފައިސާ ޖަމާކޮށް އެއެކައުންޓުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތު ގަވާއިދާ އެއްގޮތައް ކޮށް އެއެކައުންޓައްލިބޭ ފައިސާއާ ކުރެވޭ ޚަރަދުތައް ގަވާއިދުން ބެލެހެއްޓުން .
  • ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލުކުރުން.

މަޤާމު

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް2

ރޭންކް: ޖީ.އެސް 2

މުސާރަ

މަހަކު -/4000 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު-/1500

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ /އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

  • މަޤާމުގެ މަސައްކަތާއި ގުޅޭދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ސާނަވީ ތައުލީމު ފުރިހަމަކުރުމަށްފަހި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މާލިއްޔަތު ގަވައިދާ އެއްގޮތަށް ހޯދަންޖެހޭ ތަކެތި ހޯދުން.
  • ސްޓޮކަށް ހޯދަންޖެހޭ ތަކެތީގެ ލިސްޓެއް ހެދުމަށްފަހު ފުރަންޖެހޭ ފޯމުތައް ފުރިހަމަކޮށް ގަވައިދާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުން.
  • ސްޓޮކަށް ބޭނުންވާތަކެތި އޯޑަރކޮށް، އެތަކެތި ގެންނަންޖެހޭ ތަންތަނުން ގެނެސް ސްޓޯރ ކީޕާރއާއި ހަވާލްކުރުން.
  • ސްޓޯރ ކީޕަރާއި ވާހަކަދައްކައިގެން ތަނަށް ބޭނުންވާތަކެތި ހުސްވިޔަނުދީ ބެލެހެއްޓުން.
  • އޮފީހަށް ބޭނުންވާ ލިޔެކިއުމާބެހޭ ސާމާނު ގަވައިދާ އެއްގޮތްވާގޮތުގެ މަތިން ހޯދައި ސްޓޮކާ ހަވާލުކުރުން.
  • ނުލިބޭ ބިލްތައް ހޯދައި ލިޔެކިޔުންތައް ހަމަކޮށް އެންޓްރީ ކުރުމަށްފަހު ބަޖެޓް ސެކްޝަނާއި ހަވާލުކުރުން.
  • ކޮއްތައް ބޭނުންވާ ތަކެތި ހަފުތާއަކަށް ބޭނުންވާ ސްޓޮކްގަނެ ކައްކާ މީހުނާއި ހަވާލުކޮށްއަދި ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ގަނެ ކައްކާ މީހުނާ ހަވާލުކުރުމާއި ކޮއްތުގެ ތަކެތީން ސްޓޮކް ކުރަންޖެހޭ ތަކެތި ގަނެ ސްޓޮކާއި ހަވާލުކުރުން.
  • ކުޑަކުދިންގެ ހިޔާގެ ޔައުމިއްޔާދުވަހުން ދުވަހަށް ލިޔެ ވެރިއަކަށް ދައްކާ، ފައިލް ކޮށް ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގެ އެންޓްރީ ބެލެހެއްޓުމާއި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން
  • ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލުކުރުން.

މަޤާމު

ވޮޗަރު

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓު ސްޓާފް ގރ.1

ރޭންކް: SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ /އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

  •  ކުޑަކުދިންގެ ހިޔާގެ ސިކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ތައް ކުރުން.
  • ބަރާބަރަށް ޑިއުޓީތަކަށް ހާޒިރުވުމާއި ކުޑަކުދިންގެ ހިޔާގެ ތެރެއަށް ވަދެނުކުމެ ވާ މީހުން ދެނެގަތުން.
  • ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންގެންދާ މީހުންނާއި ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލުކުރުން.
  • އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ )އެކްރިޑިޓް ނުކުރާ ސެޓްފިކޭޓް ހުށަހެޅި ކަމުގައިވިއަސް ބާޠިލުވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭ ސާފު ކޮޕީ
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިއުންތައް.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2015 އޭޕްރިލް 27 ވާ ހޯމަ ދުވަހުގެ 02:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ހުރަވީ ބިލްޑިންގ) އަށް / ކުޑަކުދިންގެ ހިޔާއަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހުރަވީ ބިލްޑިންގް ގެ ފުރަތަމަ ފަންގި ފިލާ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ކައުންޓަރުންނާއި ކުޑަކުދިންގެ ހިޔާއިން ލިބެން ހުންނާނެއެވެ.

 

14 އޭޕްރިލް 2015