ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2015/38
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 27 އޭޕްރިލް 2015 14:30
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސް ތަކުގައިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލުމީހުންނެވެ.

އޮފީސް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

މަޤާމު

މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: MS

މުސާރަ

މަހަކު -/7875 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/3500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ.ގުރައިދޫ

ތަޢުލީމާއި ތަޖުރިބާ

އެމް.ބީ.ބީއެސް ޑިގްރީ ސެޓްފިކެޓް ހާސިލުކޮށްފައިވުމާއި، ޓީޗިން ހޮސްޕިޓަލެއްގައި އެކެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަކޮށްފައިވުން، އަދި އެމީހެއްގެ އަމިއްލަ ޤައުމުގެ މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީ ވެފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މަރުކަޒުގައި ބަލަހައްޓަމަންގެންދާ ބަލިމީހުންނަށް ކުރަންޖެހޭ ބޭސްފަރުވާ ކުރުމާއި، ބޭސްފަރުވާއާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  • މަރުކަޒުން ބަލަހައްޓާމީހުން، ސްޕެޝިއަލިސްޓުންނަށް ރިފަރ ކުރަންޖެހޭ ހާލަތްތަކުގައި، ރިފަރ ކުރުމާއި، ސްޕެޝިއަލިސްޓުންގެ މަޝްވަރާ ހޯދަންޖެހޭ ހާލަތް ތަކުގައި، ކަމާބެހޭ މާހިރުންނާއި މަޝްވަރާކޮށްގެން ބަލިމީހުންނަށް ބޭސް ފަރުވާ ކުރުން.
  • މަރުކަޒަށް ބޭނުންވާ ބޭހާއި މެޑިކަލް އިކުއިޕްމަންޓްގެ ލިސްޓް ތައްޔާރުކުރުން.
  • މަރުކަޒުންބަލަހައްޓާ މީހުންނަށްހިންގޭ ރިހިބިލިޓޭޝަން ޕްރޮގްރާމްތަކުގައި އެހީތެރިވުން.

މަޤާމު

ފިޒިއޮތެރަޕިސްޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް2

ރޭންކް: MS 2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ކ.ގުރައިދޫ

ތަޢުލީމާއި ތަޖުރިބާ

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލެ 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލެ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މަރުކަޒުގެ ބެލުމުގެ ދަށުން ބަލަހައްޓަމުން ގެންދާ މީހުންނަށް ފިޒިއޮތެރަޕީ ދިނުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުން.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް

ސުންގަޑި

2015 އެޕްރީލް 27  ވާ ހޯމަ ދުވަހުގެ 14:30ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އަށް ނުވަތަ ގުރައިދޫ މަރުކަޒަށްހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހުރަވީ ބިލްޑިންގް ގެ ފުރަތަމަ ފަންގި ފިލާ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ކައުންޓަރުންނާއި ޚާއްޞަ އެހީއަށްބޭނުންވާ މީހުންގެ މަރުކަޒުން ލިބެން ހުންނާނެއެވެ.

14 އޭޕްރިލް 2015