ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-CSO(HR)/1/2024/20
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 04 މާރިޗު 2024 13:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

1. މަގާމުގެ ނަން:

 ޑެޕިއުޓީ ލީގަލް އޮފިސަރ

ރޭންކް:

 ޕީ.އޯ.އެލް 3

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

 ލީގަލް އެފެއާޒް އޮފީސް

ބޭނުންވާ އަދަދު:

 2 (ދޭއް)

އަސާސީ މުސާރަ:

 8,910.00 ރުފިޔާ

ސަރވިސް އެލަވަންސް:

 2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

 4,009.50 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

 2,500.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ޤާނޫނީ ލަފަޔަށް އެދި މި އޮފީހުގެ އެކި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަންތަކުން ހުށަހަޅާ މައްސަލަތަކުގައި ޤާނޫނީ ލަފާ ތައްޔާރުކުރުމާއި މައްސަލަތައް ދިރާސާކޮށް، ޖަވާބު ތައްޔާރުކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފޯރުކޮށްދޭން ޖެހޭ ޤާނޫނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށް ދިނުން.

- ޖިނާއީ ކުށްތަކުގެ ޙުކުމްކޮށްފައިވާ، އިސްތިއުނާފުކުރުމުގެ އިތުރު ފުރުޞަތެއް ނެތް މީހުންގެ ތެރެއިން، ވަކިވަކި ފަރުދުންގެ ކުށަށް ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާ މަޢާފުދެއްވުމާއި އަދަބު ލުއިކޮށްދެއްވުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.

- ލީގަލް އެފެއާޒް އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ބާއްވަވާ ބައްދަލުވުންތައް ވިލަރެސްކުރުން.

2. މަގާމުގެ ނަން:

 އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:

 އެމް.އެސް 3

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

 ސެކްރެޓޭރިއެޓް އޮފް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ

ބޭނުންވާ އަދަދު:

 1 (އެކެއް)

އަސާސީ މުސާރަ:

 7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

 2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

 3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

 2,500.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ)ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މީގެ އިތުރުން، ބައްދަލުވުންތައް ރާވައި، ހިންގައި އަދި ވިލަރެސްކުރުމުގެ ޤާބިލުކަން ހުރި، އެނަލިޓިކަލް ރިޕޯޓުތަކާއި ބްރީފްތައް ތައްޔާރުކުރުމުގެ ޤާބިލުކަން ހުރި،  އޮފީސް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި، އެހެން މުވައްޒަފުންނާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި، ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ލިޔުމުގެ ޤާބިލުކަން ހުރި އަދި މައިކްރޮސޮފްޓް އޮފީސްގެ ޕްރޮގްރާމުތައް ބޭނުންކުރުމުގެ ޤާބިލުކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ސަރުކާރުގެ ޤައުމީ ސަލާމަތާބެހޭ ސިޔާސަތުތަކާއި އޮފީހުގެ ދާއިރާތަކާގުޅޭ ކަންކަމުގައި ބޭނުންވާ ރިސަރޗް ރިޕޯޓުތައް ޤަވާއިދުން ތައްޔާރުކުރުން.

- ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ސަލާމަތާ ގުޅުންހުރި މައްސަލަތައް ދިރާސާކުރުމާއި، އެކަންކަމުގެ އެންމެ އަދާހަމަ ރިޕޯޓުތައް ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".

ށ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

ނ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

މި މަގާމުތަކަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2024 މާރިޗު 4 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.

އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

27 ފެބުރުވަރީ 2024